Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އަޅުގަނޑުމެން އަތުގަވެސް ހައްޔަރުކުރާ ލިސްޓް އެބައޮތް: މަހްލޫފް

އެ ބޭފުޅުންގެ އަތުގައި ވެސް ހައްޔަރުކުރާ ލިސްޓެއް އެބައޮތް ކަމަށާއި ހިތްވަރު ކުރައްވާ ކެތްތެރިވެލެއްވުމަށް ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި މަހްލޫފް ވިދާޅުވީ ﷲގެ އިރާދަފުޅާއެކު އެކަން ކުރާނީ 23 ސެޕްޓެމްބަރު ގައި ބޮޑުތަނުން ޔާމީން ބަލިކޮށްފައި ކަމަށެވެ.

"ހިތްވަރު ކުރައްވާ، ކެތްތެރިވެލައްވާ. އަޅުގަނޑުމެން އަތުގައި ވެސް ހައްޔަރުކުރާ ލިސްޓެއް އެބައޮތް. ﷲގެ އިރާދަފުޅާއެކު އެކަން ކުރާނީ 23 ސެޕްޓެމްބަރު ގައި ބޮޑުތަނުން ޔާމީން ބަލިކޮށްފައި. ކޮލަމާފުށިން ހައްޔަރުކުރި 18 މީހުން ވަގުތުން ދޫކޮށްލުމަށް ގޮވާލަން" މަހްލޫފް ވިދާޅުވިއެވެ.

މި ޓްވީޓްގައި މަހްލޫފް ވަނީ ކޮލަމާފުށިން ޕީޕީއެމްގެ ކެމްޕޭނު ހަރަކާތުގައި ބޭނުން ކޮށްފައިވާ ދިދަފަތި ތަކަށް ގެއްލުން ދިނުމުގެ ތުހުމަތުގައި ހައްޔަރު ކުރެވުނު 18 ޒުވާނުން ވަގުތުން ދޫކޮށްލުމަށް ގޮވާލައްވާފައެވެ.