ފަތުރުވެރިން ގޮވައިގެން ދަތުރުކުރި "ހަމަތި" ނަމަކަށް ކިޔާ ސަފާރީއެއް ވ. ރަކީދޫ ފަރަށް އަރައިފި އެވެ.
އެމްއެންޑީއެފްގެ ކޯސްޓްގާޑް އެމްއާރްސީސީއަށް މިހާދިސާ ރިޕޯޓްކޮށްފައިވަނީ ރޭ ފަތިހު 5:30 ހާއިރު ކަމަށާއި، މިމައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑްގެ ފާސްޓް އިންޓަސެޕްޓް ކްރާފްޓް "ވެލާނާ" ލޯންޗު ޑައިވަރުންގެ ޓީމަކާ އެކު އެސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށްވެސް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފަ އެވެ.
މ. އަތޮޅުން ފުރައިގެން ކ. ގުރައިދޫއަށް ދަތުރުކުރި މި ސަފާރީ ފަރަށް އެރިއިރު ސަފާރީގައި 10 ފަތުރުވެރިންނާއި ޓުއަގައިޑެއްގެ އިތުރުން ފަސް ފަޅުވެރިން ދަތުރުކުރި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއިސަފާރީ ފުންކުރުމުގެ މަސައްކަތް ސަފާރީގެ ވެރިފަރާތާއި ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
އެމްއެންޑީއެފުން ބުނީ އެމްއެންޑީއެފްގެ ކޯސްޓްގާޑް އެމްއާރްސީސީއަށް މިހާދިސާ ރިޕޯޓްކޮށްފައިވަނީ ރޭ ފަތިހު 5:30 ހާއިރު ކަމަށެެވެ.
މިމައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑްގެ ފާސްޓް އިންޓަސެޕްޓް ކްރާފްޓް "ވެލާނާ" ލޯންޗު ޑައިވަރުންގެ ޓީމަކާ އެކު އެސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށްވެސް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފަ އެވެ.
އެމްއެންޑީއެފުން ބުނީ މ. އަތޮޅުން ފުރައިގެން ކ. ގުރައިދޫއަށް ދަތުރުކުރި މި ސަފާރީ ފަރަށް އެރިއިރު ސަފާރީގައި 10 ފަތުރުވެރިންނާއި ޓުއަގައިޑެއްގެ އިތުރުން ފަސް ފަޅުވެރިން ދަތުރުކުރި ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި ސަފާރީ ފުންކުރުމުގެ މަސައްކަތް ސަފާރީގެ ވެރިފަރާތާއި ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.