Last Updated: June 8, 20:40
Monday, June 8, 2026
ޚަބަރު

50 އާއި 100 ގެ ވަގު ޑޮލަރު ދައުރުވަނީ

100 އާއި 50 ޑޮލަރުގެ ވަގު ނޫޓްތަކެއް ދައުރުވަމުންދާ ކަމަށް މަރުކަޒީ ބޭންކް އެމްއެމްއޭއިން ބުނެފިއެވެ.

އެމްއެމްއޭއިން ބުނީ ދައުރުވަމުން ދަނީ 50 އާއި 100 ޑޮލަރުގެ ވަރަށް ކޮލިޓީ ވަގު ނޫޓްތަކެއް ކަމަށެވެ. އެހެންކަމުން މިކަމާއި ބޭންކް ތަކުން ސަމާލުވުމަށް މަރުކަޒީ ބޭންކުންވަނީ ބުނެފައެވެ.

މިކަމަށް ސަމާލުވުމަށް ބުނެ އެމްއެމްއޭ އިން ބޭންކްތަކަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ރާއްޖޭގައި ދައުރުވަމުން ދަނީ ވަރަށް ރަނގަޅު ކޮލިޓީއެއްގެ 50 އަދި 100 ގެ ނޫޓްތަކެއް ކަމަށެވެ. އަދި މިކަމަށް ބޭންކްތަކުން ވަރަށްބޮޑަށް ސަމާލުވުމަށް ވަނީ ބުނެފައެވެ.

އެމްއެމްއޭއިން ބުނީ ދައުރުވަމުންދާ ވަގު ނޫޓްތައް ދެނެގަތުމަށް ކުރިއަށްވުރެ ބޮޑު ސަމާލުކަމެއް ދިނުމަށާއި، ބޭންކްތަކަށް ލިބޭ އެފަދަ ނޫޓްތައް އެމްއެމްއޭ އަށް ފޮނުވަމުން ގެންދިޔުމަށްވެސް އެމްއެމްއޭ އިން ވަނީ ބުނެފައެވެ.

ދިވެހިންނަކީ ގިނަ އަދަދަކަށް ރާއްޖެއިން ބޭރަށް ދަތުރުކުރަމުންދާ ފަރާތްތަކަށްވާ އިރު ޑޮލަރު ހޯދުމުގައި ސަމާލުކަން ދެއްވުން ވަރަށް މުހިއްމެވެ.