Last Updated: June 8, 20:40
Monday, June 8, 2026
ޚަބަރު

އީސީގެ ވެބްސައިޓް ޑައުންވެއްޖެ

އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓް ޑައުންވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އީސީގެ ވެބްސައިޓް ޑައުންވީ އިންޓަނެޓަށް ދިމާވި މައްސަލައަކާއި ގުޅިގެންނެވެ. އަދި އެކަން ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ރިޔާސީ އިންތިހާބު އަންނަ މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު އިންޓަނެޓަށް ދިމާވި މައްސަލައަކާއި ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ 1414 ގެ ހިދުމަތްވެސް އިއްޔެ މެދުކެނޑުނެވެ. ނަމަވެސް މައްސަލަ އެ މައްސަލަ ހައްލުކޮށް އަލުން 1414 ގެ ހިދުމަތް ފަށާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިއްޔެ ހާމަކޮށްފައެވެ.

އިލެކްޝަންގެ ކޮމިޝަންގެ ވެބްސައިޓް ޑައުން ވުމުގެ ސަބަބުން މިދުވަސްވަރު އެ ސައިޓަށް ޒިޔާރާތް ކުރައްވާ ގިނަ ބަޔަކަށް އުނދަގޫތަކާއި ކުރިމަތިލާން ޖެހޭނެއެވެ. އެހެން ކަމުން އަވަސް ހައްލެއް މިކަމަށް އީސީން ހޯއްދަވާނެކަމަށް ބެލެވެއެވެ.