Last Updated: May 4, 16:10
Saturday, May 4, 2024
ޚަބަރު

ދިރާގުން ގެލެކްސީ ނޯޓް 9 މާދަމާ ރޭ ރާއްޖެއަށް ތައާރަފުކުރަނީ

ފޮޓޯ:ވީއެފްޕީ

ދިރާގުން ސެމްސަންގްގެ އެންމެ ފަހުގެ ޕްލޭގްޝިޕް ފޯނު، ގެލެކްސީ ނޯޓް 9 ރާއްޖޭގައި ރަސްމީކޮށް ހުކުރު ދުވަހުގެ ރޭ ތައާރަފު ކުރަން ހަމަޖައްސައިފިއެވެ.

މިކަމަށްޓަކާ ޚާއްސަކުރެވޭ ހަފްލާއެއް ދިރާގު ހެޑް އޮފީހުގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެ ހަފުލާގައި ދިރާގު މެދުވެރިކޮށް ފޯނުތައް ޕްރިއޯޑާ ކުރި ކަސްޓަމަރުންނަށް ފޯނު ހަވާލު ކުރެވޭނެ ކަމަށް ދިރާގުން ބުނެއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުން އެ ފޯނު ޕްރީ އޯޑާ ކުރި ކަސްޓަމަރުންނަށް އަންނަ ހަފުތާއިން ފެށިގެން އެ ކަސްޓަމަރަކާއި އެންމެ ގާތް ދިރާގު ރީޖަނަލް އޮޕަރޭޝަންސް ސެންޓަރަކުން ފަސޭހަކަމާއި އެކު ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށްވެސް ދިރާގުން ބުނެއެވެ.

މިފަހަރުވެސް ދިރާގު މެދުވެރިކޮށް ނޯޓް 9 ނެންގެވި ކަސްޓަމަރުންނަށް ހަ މަސް ދުވަސް ވަންދެން ކޮންމެ މަހަކު ފަސް ޖީބީގެ ހިލޭ ޑޭޓާ ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ. މީގެ އިތުރުން އޭކޭޖީ ބްރޭންޑްގެ ބްލޫޓޫތް ސްޕީކަރެއްވެސް ޕްރިއޯޑާ ކުރި ކަސްޓަމަރުންނަށް ލިބިގެން ދާނެއެވެ.

ދިރާގުން ބުނި ގޮތުގައި ސެމްސަންގް ގެ އެންމެ ފަހުގެ އެ ފޯނު އަމިއްލަ ފުޅަށް ޓެސްޓް ކުރުމުގެ އިންތިޒާމު މިހާރުވެސް ދިރާގު ހެޑް އޮފީހުގެ އެކްސްޕީރިއަންސް ސެންޓަރުގައި ވަނީ ހަމަޖެހިފައެވެ.

ބާޒާރަށް ނިކުންނަ އެންމެ ފަހުގެ ފްލެގްޝިޕް ފޯނުތައް، އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް ތައާރަފްކުރާ، އެންމެ ލުއި ފަސޭހަ އިންސްޓޯލްމެންޓް ޕްލޭންތައް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ކުންފުންޏަކީ ދިރާގެވެ. ދިރާގަކީ ރާއްޖޭގައި ސެމްސަންގްގެ އޮތޮރައިޒްޑް ޑިސްޓިރިބިއު އެވެ. ދިރާގުން 2015 ވަނަ އަހަރުން ފެށިގެން ސެމްސަންގާއި ގުޅިގެން ދަނީ ރާއްޖޭގައި ސެމްސަންގް ގެ ފޯނުތައް ރަސްމީ ކޮށް ތައާރަފު ކުރަމުންނެވެ.