Last Updated: June 8, 20:40
Monday, June 8, 2026
ޚަބަރު

ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތަށް ހުރިހާ ޕާޓީއެއްގެ މެމްބަރުންނަށް ދައުވަތުދީފި

ސިނަމާލޭ ބްރިޖު ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތަށް ހުރިހާ ޕާޓީއެއްގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ދައުވަތު ދީފައިވާކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބްރިޖު ހުޅުވުމަށް މިރޭ ބާއްވާ ކުލަގަދަ ހަފުލާގައި ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ޕާޓީއެއްގެ މެމްބަރުންނަށް ވެސް ދައުވަތު ދީފައިވާނެކަމަށެވެ. އޭގެ ތެރޭގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) އަދި އަދާލަތު ޕާޓީގެ މެމްބަރުންވެސް ހިމެނޭކަމަށާއި ހުރިހާ އިދިކޮޅު މެމްބަރުން ވެސް އެހަފުލާގައި ބައިވެރިވާނެކަމަށް އުއްމީދުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ބްރިޖު ހުޅުވާއިރު އެންމެ ބޮޑު އެއް ކަމަކަށް އޮންނާނީ ހަވާ އެރުވުމާއި ލޭޒާ ޝޯގެ އިވެންޓެއް ކަމަށާއި އެގޮތުން ބޮޑު ސްކޭލެއްގައި ހަވާ އަރުވަން ނިންމާފައިވާ ކަމަށާއި އެމްއެންޑީއެފްއާ ގުޅިގެން އެކަން ކުރިޔަށް ގެންދަނީ މުޅި ދުނިޔޭގައި ވެސް ހަވާ އެރުވުމުގެ ރެކޯޑު އޮންނަ ފަރާތް ކަމަށް މުއިއްޒު ވަނ ވިދާޅުވެފައެވެ.

ހަވާ އަރުވާ ފަރާތުން ވިދާޅުވަނީ މި ސަރަހައްދުގައި މިހާތަނަށް ބާއްވާ އެންމެ ރީތި ފަޔާ ވޯކްސްއަށް މި ފަޔާވޯކްސް ވާނޭ ކަމަށް ކަމުގައި މުއިއްޒު ވިދާޅުވި އެވެ. މިއާރު ހަވާ އެރުވުމަކީ ދިވެހިންނަށް ވަރަށް އާންމު ކަމެއް ކަމުގައިވީ ނަމަވެސް މި ފަޔާ ވޯކްސްއަކީ މި މަޝްރޫއުގެ ބޮޑު މިނާއި މުހިންމު ކަމަށް ބަލާއިރު މި މަޝްރޫއަކީ ރާއްޖޭގެ ތާރީހު ބަދަލުކޮށްލަދޭ ރައްޔިތުންގެ ތަރައްގީ އެތައް ގުނައަކަށް އުފުލި ޒުވާނުންގެ އުންމީދާ ގުޅިފައިވާތީ އެ ސްކޭލްގެ ފަޔާވޯކް އަކަށް ވާނެ ކަމަށް ވެސް މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ.