Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

ބްރިޖުގައި ބަހުގެ ޚިދުމަތް ދޭން އެމްޕީއެލް އަށް ހުއްދަ ދީފި

ބަހުގެ ހިދުމަތް ދޭން އެމްޕީއެލް އަށް ހުއްދަ ދިނުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ޓްރާންސްޕޯޓް އޮތޯރިޓީ

މިރޭ ހުޅުވާ ސިނަމާލެ ބްރިޖުގައި، އާންމުން ދަތުރުފަތުރުކުރުމުގެ ގޮތުން ބަހުގެ ޚިދުމަތް ދޭން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ޙުއްދަ ދީފިއެވެ.

އެކުންފުންޏަށް މިކަމުގެ ހުއްދަ ދީފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ފަރާތުންނެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ފަރާތުން އެމްޕީއެލް އަށް ބަހުގެ ޚިދުމަތް ދިނުމުގެ ހުއްދަ ދީފައިވާކަމުގެ ލައިސަންސް ހަވާލުކޮށްދެއްވާފައިވަނީ އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް، މަހުދީ އިމާދެވެ. އަދި އެމްޕީއެލްގެ ފަރާތުން މި ލައިސަންސާ ހަވާލުވެވަޑައިގެންފައިވަނީ އެކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ، އަބްދުއް ރައްޒާޤު ޙަލީމެވެ.

މިއަދު އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް އޮތޯރިޓީ އާއި އެމްޕީއެލްގެ އިސް ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.

އާންމު ދަތުރުފަތުރުތަކަށް ބްރިޖު ހުޅުވާލާނީ އަންނަ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު އެވެ.