Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

ސިނަމާލެ ބްރިޖު ހުޅުވައިފި

ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި ހަވާ އެރުވުން - ފޮޓޯ: ޕީއެސްއެމް

ދިވެހިރާއްޖޭގެ ފުރަމަ ބްރިޖު ކަމަށްވާ، "ސިނަމާލެ ބްރިޖު" ރަސްމީކޮށް ހުޅުވައިފި އެވެ.

މާލެއާއި ހުޅުލެއާ ދެމެދު އަޅާފައިވާ މި ބްރިޖު ހުޅުއްވައިދެއްވީ ވަނީ މާލޭ އާޓިފިޝަލް ބީޗްގައި އެކަމަށްޓަކައި މިހާރު ކުރިއަށްގެންދާ ޚާއްސަ ރަސްމިއްޔާތެއްގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އާއި ޗައިނާގެ މަންދޫބު ވަންގ ޝިއާއޮތާއޮ އެވެ.

ބްރިޖް ހުޅުއްވައިދެއްވީ ބްރިޖްގެ މައި ދޮރު ދިއްލާލުމާ އެކުއެވެ. އަދި ބްރިޖު ހުޅުވައިދެއްވުމާއެކު ބްރިޖުގައި ވަނީ ހަވާ އަރުވާފަ އެވެ.

ހަވާ އަރުވާ މަންޒަރު ބަލަން އެތައް ބަޔަކު އެ ސަރަޙައްދަށް ގޮސް ތިބިއިރު، އެ މަންޒަރު ގޭގެ ޓެރެހުގައި ވެސް އެތައް ބަޔަކު ވަނީ ބަލާފައެވެ.

ހަވާާ އެރުވީ މުޅި ދުނިޔޭގައި ވެސް ހަވާ އެރުވުމުގެ ރެކޯޑު އޮންނަ ފަރާތެކެވެ.

ތިން އަވަށް ގުޅުވާލި މި ތާރީޚީ ބްރިޖު އެޅުމަށް އަމަލީ ދިރާސާތައް 2015 ވަނަ އަހަރުގެ މާޗު މަހުގެ 20 ވަނަ ދުވަހު ފަށާފައިވާއިރު، ބްރިޖުގެ ފައުންޑޭޝަން މަސައްކަތް ފެށީ 2016 ވަނަ އަހަރުގެ އޭޕްރިލް މަހު އެވެ.

ސިނަމާލެ ބްރިޖްގެ މަޝްރޫއަށް 220 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުވިއިރު ބްރިޖްގެ ދިގުމިނުގައި 1.39 ކިލޯމީޓަރު އަދި ފުޅާ މިނުގައި، 20.3 މީޓަރު ހުރެއެވެ. ބްރިޖްގައި ހަތަރު ފުރޮޅުލީ ވެހިކަލް ދުއްވާ ދެ ލޭން އާއި، ސައިކަލްތަކަށް ވަކި ލޭން އަކާއި، ބައިސްކަލުގައި އަދި ހިނގާފައި އުޅޭ ފަރާތްތަކަށް ވަކި ލޭންއެއް ހިމެނެއެވެ.

ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) އިން ހެދި މި ބްރިޖަށް އެ ޤައުމުން ވަނީ 116 މިލިއަން ޑޮލަރުގެ ދީލަތި އެހީއެއް ފޯރުކޮށްދީފައެވެ. އަދި 72 މިލިއަން ޑޮލަރު ޗައިނާގެ ލޯނު އެހީގެ ގޮތުގައި ނެގިއިރު، މި މަޝްރޫއަށް ދިވެހި ސަރުކާރުން ވަނީ 12 މިލިއަން ޑޮލަރު ހޭދަކޮށްފަ އެވެ.

މިރޭ ބްރިޖު ހުޅުވުނު ކަމުގައިވިޔަސް، އާންމު ދަތުރުތަކަށް ބްރިޖު ހުޅުވައިލާނީ އަންނަ މަހުގެ 7 ވަނަ ދުވަހު އެވެ.