މިރޭ ބޭއްވި ސިނަމާލޭ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތަށް އިދިކޮޅު އިއްތިހާދަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީސް މެމްބަރުންގެ ތެރެއިން ކޮމަންޑޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިދު (އޭޑީކޭ ނާޝީދު) އާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ ޝަރީފު) ވަޑައިގެންފި އެވެ.
ހައުސިން މިނިސްޓަރު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އިދިކޮޅު ހުރިހާ ފަރާތްތަކަށް ވެސް ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތަށް ދައުވަތުދީފައިވާ ކަމަށެވެ.
މި ރަސްމިއްޔާތަށް ވަޑައިގެންނެވި އަހުމަދު ނާޝިދު (އޭޑީކޭ ނާޝީދު)އާއި އިބްރާހިމް ޝަރީފު (މަވޯޓާ ޝަރީފު) ނިހާން ވަނީ މަރުހަބާ ވިދާޅުވެފައެވެ.
Glad and Happy that 2 Opposition (MDP) MP’s presented to the #SinaMaleBridge Unveiling Ceremony, accepting Hon Housing Min @MMuizzu ‘s invitation. MP @ADKNashid and @AdduShareef is witnessing the pinnacle of, one of many unprecedented development Projects brought by Pr Yamin. pic.twitter.com/qA8uDwcYTq
— Ahmed Nihan (@ahmed_nihan) August 30, 2018
ސިނަމާލެ ބްރިޖު ހުޅުވާ ރަސްމިއްޔާތުގައި ކުރިއަށް ގެންދަން ނިންމާފައިވާ ހަވާ އެރުވުމާއި ލޭޒާ ޝޯ އަށް ތިން މިލިއަން ޑޮލަރު (46 މިލިއަން ރުފިޔާ) ހަރަދު ކޮށްފައިވާ ކަމަށް ބުނެ މިއަދު އިދިކޮޅުން ވަނީ އެއީ އިސްރާފެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.
މިރޭ ސިނަމާލެ ބްރިޖު ހުޅުވާފައިވާއިރު، ބްރިޖު ހުޅުވުމަށް ވަނީ ކުލަގަދަ ބަޑިބޭހުގެ ހަރަކާތްތައް ދައްކާލައިފަ އެވެ. އަދި ބްރިޖާ ގުޅޭ ޕްރެޒެންޓޭޝަންތައް ވެސް ދެއްކި އިރު އެކި ލަވައާއި ނެށުމުގެ އައިޓަމްތައް ކުރިއަށް ގެންގޮސްފައިވެ އެވެ.
ސިނަމާލެ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ހުރިހާ ރަށަކާއި ހުރިހާ އުމުރެއްގެ މީހުން ތަމްސީލުވާނެހެން މީހުން ބައިވެރިވި އެވެ.