Last Updated: June 8, 20:40
Monday, June 8, 2026
ޚަބަރު

"23 ސެޕްޓެމްބަރުގައި އިންތިޚާބު ބާއްވަން ކެރޭނެތޯ؟"

އެ ބޭފުޅާގެ ސުވާލަކީ 23 ސެޕްޓެމްބަރުގައި އިންތިޚާބު ބާއްވަން ކެރޭނެތޯ ކަމަށް ވިދާޅުވެ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު މަހްލޫފް ސަރުކާރަށް ސުވާލު އަމާޒު ކުރައްވައިފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވަނީ ބްރިޖް ވެސް ހުޅުވިއްޖެ ކަމަށާއި، އަނިޔާވެރިކަމުގެ މައްޗަށް ބްރިޖްއަށް ކުރި ނުހޯދޭނެކަން ވޯޓުން ސާބިތު ކޮށްދޭނެ ކަމަށެވެ.

"ބްރިޖް ވެސް ހުޅުވިއްޖެ. ސުވާލަކީ 23 ސެޕްޓެމްބަރު ގަ އިންތިޚާބު ބާއްވަން ކެރޭނެތޯ. އިންޝާ ﷲ ހަޑިކޮށް އަދި ބޮޑުކޮށް ވޯޓުން ބަލި ކުރާނަން. އަނިޔާވެރިކަމުގެ މައްޗަށް ބްރިޖްއަށް ކުރި ނުހޯދޭނެކަން ވޯޓުން ސާބިތުކޮށް ދޭނަން. ވޯޓު ފޮށިތަކުގެ ނަތީޖާ އަޑުއަހަން އަޅުގަނޑު މިހުރި ކެތްމަދުވެފަ." މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފްގެ ޓްވީޓްގައި އޭނާ ވަނީ އަނިޔާވެރިކަމުގެ މައްޗަށް ބްރިޖްއަށް ކުރި ނުހޯދޭނެކަން ވޯޓުން ސާބިތުކޮށް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.