Last Updated: June 11, 09:26
Thursday, June 11, 2026
ޚަބަރު

ޖަޒުބާތުގައި ޖެހިގެން ކަމެއް ނުކުރުމަށް ސަޕޯޓަރުންނަށް އިބޫ އިލްތިމާސްކޮށްފި

އައްޑޫ ސިޓީ (13 ޖުލައި) - އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ކެމްޕެއިން ޓީމް އައްޑޫއަށް ވަޑައިގަތުމުން މަރުހަބާ ދެންނެވުމަށް ގިނަ ބަޔަކު ވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސްފައި

ގުޅިފައިވާ އިދިކޮޅު އިއްތިހާދުގެ ސަޕޯޓަރުން ޖަޒުބާތުގައި ޖެހިވަޑައިގެން އެއްވެސް ކަމެއް ނުކުރުމަށް އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް އިލްތިމާސް ކުރައްވައިފިއެވެ.

އިބޫ މިހާރު ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގދ. އަތޮޅަށް ވަޑައިގެންފައިވާއިރު ރޭ ވާދޫގައި ބޭއްވި ޖަލްސާގައި ހުރިހާ ސަޕޯޓަރުންނަށް ވެސް ވަނީ ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއެކު ކަންތައް ކުރެއްވުމަށް އެދިވަޑައިގެންފައެވެ.

އިބޫ ސަޕޯޓަރުންނަށް މިފަދައިން އިލްތިމާސް ކޮށްފައި މިވަނީ ގއ. ކޮލަމާފުށީގައި އިދިކޮޅު ސަޕޯޓަރުންނާއި ޕީޕީއެމް ސަޕޯޓަރުންނާ ދެމެދު ހަމަނުޖެހުން ހިނގައި މާރާމާރީއެއް ހިނގާފައިވާތީ ފުލުހުން، އިބޫގެ ރައްކާތެރި ކަމަށްޓަކައި ހުވަދުއަށް ރާވާފައިވާ ކެމްޕޭނު ދަތުރު ފަސްކުރުމަށް އަންގާފައިވަނިކޮށެވެ.

ނަމަވެސް އިބޫ ވަނީ ކެމްޕޭނު ދަތުރު ފަސް ނުކުރެވޭނެ ކަމަށާއި މަޑުނުކުރެވޭނެ ކަމަށް ވިދާޅުވެ ދަތުރުފުޅު ކުރިއަށް ގެންދަވާފައެވެ. އިބޫ ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއް މިރޭ ގދ. ތިނަދޫގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.