Last Updated: April 25, 22:42
Thursday, April 25, 2024
ވިޔަފާރި

އުރީދޫއިން ރާއްޖެއަށް ގެލެކްސީީ ނޯޓް 9 ތައާރަފްކޮށްފި

މަޝްހޫރު ފޯން އުފައްދާ ޓެކް ކުންފުނި ކަމުގައިވާ ސެމްސަންގްގެ އެންމެ ފަހުގެ އުފެއްދުން، ސެމްސަންގް ގެލެކްސީ ނޯޓް 9 ރާއްޖޭގައި ރަސްމީކޮށް ތައާރަފްކުރުމަށް އުރީދޫ އާއި ސެމްސަންގ ގުޅިގެން މިރޭ ޚާއްސަ ހަފްލާއެއް ބާއްވައިފި އެވެ.

އުރީދޫ އިން ވަނީ ސެމްސަންގް ގެލެކްސީ ނޯޓް 9 ބައްލަވައިގަންނަ އެކުންފުނީގެ ކަސްޓަމަރުންނަށް ވަރަށް ޚާއްސަ އިންސްޓޯލްމެންޓް ޕެކޭޖުތަކެއް ވެސް ތަޢާރަފްކޮށްފަ އެވެ.

އެގޮތުން ހަ މަސް ދުވަހުގެ އިންސްޓޯލްމެންޓް ޕެކޭޖު ނަގާ ފަރާތްތަކަށް ކޮންމެ މަހަކު 5 ޖީބީ ހިލޭ ޑޭޓާ ލިބޭއިރު، އެއް އަހަރުގެ އިންސްޓޯލްމެންޓް ޕްލޭން ޚިޔާރުކުރައްވާ ފަރާތްތަކަށް ކޮންމެ މަހަކު 2 ޖީބީ ހިލޭ ޑޭޓާ ލިބޭނެ އެވެ.

ހަ މަސް ދުވަހުގެ އިންސްޓޯލްމެންޓް ޕްލޭންގައި ގެލެކްސީ ނޯޓް 9 ގެ 128 ޖީބީގެ މޮޑެލް އަށް އެޑްވާންސްކޮށް 2،333 ރުފިޔާ ދައްކަން ޖެހޭއިރު، 512 ޖީބީގެ މޮޑެލް އަށް އެޑްވާންސްގެ ގޮތުގައި ދައްކަންޖެހެނީ 3،3033 ރުފިޔާ އެވެ.

އަދި 12 މަސް ދުވަހުގެ އިންސްޓޯލްމެންޓް ޕެކޭޖުގައި ގެލެކްސީ ނޯޓް 9 ގެ 128 ޖީބީގެ މޮޑެލް އަށް އެޑްވާންސްކޮށް 1،167 ދައްޖަން ޖެހޭއިރު، 512 ޖީބީގެ މޮޑެލް އަށް އެޑްވާންސްގެ ގޮތުގައި ދައްކަން ޖެހެނީ 1،517 ރުފިޔާ އެވެ.

މީގެއިން ކޮންމެ ޕްލޭނެއް ނެންގެވި ކަމުގައިވިޔަސް އިންސްޓޯލްމެންޓަށް މަހަކު ދައްކަން ޖެހެނީ 1،999 ރުފިޔާ އެވެ.

މިފޯންތަކުގެ މިޑްނައިޓް ބްލެކް، އޯޝަން ބްލޫ އަދި މެޓަލިކް ކޮޕާ ވެސް ލިބެން ހުންނާނެއެވެ.

ލައިވް މިއުޒިކް ޝޯ އަކާއި އެކު ކުރިއަށްގެންގޮސްފައިވާ މި ލޯންޗް އިވެންޓުގައި، އުރީދޫގެ ސީއީއޯ ނަޖީބް ހާން އާއި ސެމްސަންގް އިލެކްޓްރޯނިކްސްގެ ޖެނެރަލް މެނޭޖަރު އަދި ހެޑް އޮފް މޮބައިލް ބިޒްނަސްއާއި ޑައިރެކްޓަރ އޮފް މޮބައިލް، ވައި.ކޭ. ވަންގް ވަނީ ބައިވެރިވެފަ އެވެ.

މިރޭގެ ހަފްލާގައި އެންމެ ފުރަތަމަ ޕްރީ-އޯޑަރ ކުރެއްވި ފަސް ކަސްޓަމަރުންނާއި ފޯނު ހަވާލުކޮށްދެއްވީ އުރީދޫގެ ސީއީއޯ، ނަޖީބް ޚާން އެވެ.