Last Updated: June 11, 06:42
Thursday, June 11, 2026
ޚަބަރު

އިދިކޮޅުން އުޅުނީ ކެމްޕޭނަށް ޚަރަދުކުރަން އަދީބު އަތުން ފައިސާ ހޯދަން

ރައީސް ޔާމީން އާއި އަހްމަދު އަދީބް.

އިދިކޮޅު އިއްތިހާދުން ވަނީ ގާނޫނީ ވަކީލުން ފޮނުވައިގެން، ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަތުން ކެމްޕޭނަށް ޚަރަދު ކުރުމަށް ލާރި ހޯދުމަށް ކަމަށް ރައީސް އަބްދުﷲ ޔާމީން ތުހުމަތު ކުރައްވައިފިއެވެ.

ރައީސް ޔާމީން ރޭ ޅ. ނައިފަރުގައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ އިދިކޮޅުން އަދީބު ކައިރިއަށް ލާރި ހޯދަން ފޮނުވިޔަސް އެކަން ކާމިޔާބު ކުރެވިފައިނުވާ ކަމަށެވެ. "އަޅުގަނޑުވެސް ވަރަށް ރަނގަޅަށް ދަންނަ މީހެއް އަދީބު އެއީ. އަދީބުގެ ޖަވާބަކީ ކޮބައިތޯ؟ ތިމަންނަ މިއީ އެއްވެސް އިރަކު ލާރި ގެންގުޅުނު މީހެއް ނޫނޭ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ ރޭގެ ޖަލްސާގައި ވެސް އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ކޯލިޝަން މިހާރު "ކޯޅޭޝަނަށް" ބަދަލުވެފައިވާ ކަމަށާއި އެބޭފުޅުންނަށް ރައްޔިތުން ބޭނުންވާ ތަރައްގީ ނުގެނެވޭނެ ކަން ރައްޔިތުން ވެސް ދަންނަ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

އިދިކޮޅު ފަރާތްތަކުން ރައީސް ޔާމީންގެ ތުހުމަތުތަކަށް ރައްދު ދެއްވާފައިނުވާއިރު އަދީބު ވަނީ އެމްއެމްޕީއާރްސީ ބޮޑު ޚިޔާނާތުގެ ފައިސާ ވީތަނެއް އެނގޭނީ ހަމައެކަނި ރައީސް ޔާމީނަށް ކަމަށް ވިދާޅުވެފައެވެ.