Last Updated: June 11, 06:42
Thursday, June 11, 2026
ކުޅިވަރު

އެންމެ ފަހު ވަގުތު މިލާނުން ރޯމާ ބަލިކޮށްފި

އިޓާލިއަން ސެރީއާ ގައި ރޭ އޭސީ މިލާނާއި ރޯމާ ބައްދަލުކުރި މެޗު 1-2 އިން މިލާން ކާމިޔާބުކޮށްފިއެވެ. މިމެޗުން މިލާން މޮޅުވެފައިވަނީ މެޗުގެ އެންމެ ފަހު މިނެޓުގައި ޖެހި ގޯލަކުންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ މިލާނުންނެވެ. އެގޮތުން 40 ވަނަ މިނެޓުގައި މިލަނޑު ޖަހާފައިވަނީ ރިކާޑޯ ރޮޑްރިގޭޒްގެ އެސިސްޓަކުން ފްރެންކް ކެސީއެވެ. ރޯމާ އިން ނަތީޖާ ހަމަހަމަ ކުރީ ދެވަނަ ހާފުގެ ކުރީކޮޅުގައެވެ. 59 ވަނަ މިނެޓުގައި ފެޑެރީސިއޯ ފާޒިއޯ ރޯމާއަށް ނަތީޖާ އެއްވަރު ކޮށްދީފައިވާއިރު މިލާނުން މެޗުން މޮޅުވީ 90 ވަނަ މިނެޓުގައި ޕެޓްރިކް ކުޓްރޯނޭ އެވެ.

މިލަނޑު މިލާނަށް ޖެހުނީ ރޯމާއިން އަލަށް ގެނައި ސްޓީވަން އެންޒޮންޒީއަށް ޑިފެންސުން ހެދުނު ގޯހެއްގެ ސަބަބުންނެވެ. ހިގުއެއިން ހުސްކޮށް ކުޓްރޯނޭއަށް ދިން ބޯޅަ އޭނާ ވަނީ ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.

ލީގުގެ އެއްވަނައިގައި އޮތީ ޔުވެންޓަސް އެވެ. ކުޅުނު ދެމެޗުން މޮޅުވެ ހަ ޕޮއިންޓު ހޯދާފައިވާ ޔުވެންޓާސް އަށް ފައިދާ ގޯލުން ކުރި ލިބުނަސް ނަޕޯލީ އާއި އެސްޕާލް ވެސް އޮތީ ހަ ޕޮއިންޓު ހޯދާފައެވެ.