Last Updated: July 17, 18:07
Friday, July 17, 2026
ޚަބަރު

މިހާރު ކަރަންޓު ދަނީ އެއް ނޫން، ގަސްތުގައި ކަނޑަނީ: މަހްލޫފް

މިހާރަކަށް އައިސް ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑެމުންދާ މައްސަލައަށް އިޝާރާތް ކުރައްވާ މިހާރު ކަރަންޓު ކެނޑެނީ ނޫން ކަމަށާއި ގަސްތުގައި ކަނޑަނީ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި މަހްލޫފް ވަނީ ކަރަންޓު ގަސްތުގައި ކަނޑަނީ ކީއްވެގެން ކަންވެސް އެ ބޭފުޅާ ދެކެވަޑައިގަންނަވާ ގޮތަށް ހާމަކުރައްވާފައެވެ.

މަހްލޫފް ވިދާޅުވެފައިވާ ގޮތުން ކަރަންޓު ގަސްތުގައި ކަނޑަމުން ދިޔުން އެއީ 23 ސެޕްޓެމްބަރުގައި ވޯޓުލާ މަރުކަޒުތަކުން ކަރަންޓު ކަނޑާލުމަށް ރޭވިގެން މިހާރުއްސުރެ ކޮށާ މަގެއް ކަމުގައެވެ.

އިލެކްޝަންސް ކޮމިޝަން އޮފް މޯލްޑިވްސް އިން ޓެބްލެޓް ގެނައި ގޮތަށް މަދު ނުވާވަރަށް ކޮންމެ މަރުކަޒަކަށް އިމަޖެންސީ ލައިޓް ހޯދުމަށް ވެސް މަހްލޫފްގެ ޓްވީޓްގައި އެ ކޮމިޝަނަށް ގޮވާލައްވާފައިވެއެވެ.