Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ރައީސް ޔާމީން މާލެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފާދިއްޕޮޅުގެ ރަށްރަށަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި ޅ. ނައިފަރަށް ވަޑައިގެން ޅ. އަތޮޅު ހޮސްޕިޓަލުގެ އާ އިމާރާތް ހުޅުއްވައިދެއްވައި، ނައިފަރު ބަނދަރުވެސް ވަނީ ހުޅުއްވައިދެއްވައިފައެވެ. މީގެ އިތުރުން ޅ. ކުރެންދޫއަށް ވަޑައިގެން ކުރެންދޫ ގޮނޑުދޮށް ޙިމާޔާތްކުރުމުގެ މަޝްރޫޢުގެ ނިމުންވެސް އެމަނިކުފާނު ވަނީ ފާހަގަކޮށްދެއްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި ޅ. ހިންނަވަރަށާއި، ޅ. އޮޅުވެލިފުއްޓަށް ޒިޔާރަތްކުރައްވައި އެރަށް ރަށުގެ ރައްޔިތުންނާ ވަނީ ބައްދަލުކުރައްވައިފައެވެ.