ހ. ނިއުޝޯރ ޝައިން ގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ އެ މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އަށް ރިޕޯޓްކޮށްފައި ވަނީ މިއަދު 15:22 ހާއިރު ކަމަށެވެ.
އަދި ފަޔަރ ފައިޓަރުން އެސަރަހަށްދަށް ގޮސް ކުރި މަސައްކަތުން އެ ގޭގައި ރޯވެފައިވާ އަލިފާން އެއްކޮށް ނިއްވާލާފައި ވަނީ މިއަދު 15:41 ގައި ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.
މިހާދިސާގައި އަލިފާން ރޯވި ގެއަކީ އެއްވެސް މީހަކު ދިރިނޫޅޭ ތަޅާލާފައިވާ ގެއެކެވެ. އަދި އަލިފާން ރޯވެފައި ވަނީ އެ ގޯތީގައި ހުރި ލަކުޑިތަކެއްގައެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.