Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ވިލިމާލެ-2 އަށް 86 މިލިއަން ޑޮލަރު ޚަރަދުވާނެ: ޝައިނީ

ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ - ފޮޓޯ: ވޯސާ

ވިލިމާލެ ދެވަނަ ފިޔަވައްސަށް 86 މިލިއަން ޑޮލަރު (1.3 ބިލިއަން ރުފިޔާ) ޚަރަދުވާނެ ކަމަށް ޔޫތު އެންޑް އިކޮނޮމިކް ކައުންސިލްގެ ޗެއާމަން، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝައިނީ އާއި ހަވާލާދީ "މިހާރު" ނޫހުން ރިޕޯޓްކުރާ ގޮތުގައި ބޭރުގެ ލޯނާއި ހިލޭ އެހީގައި ބިިލިއަން ޑޮލަރަށް ވުރެ ބޮޑެތި މަޝްރޫއުތައް ހިންގަމުން އަންނަ ކަމަށާއި، އެހެންކަމުން 86 މިލިއަން ޑޮލަރު ހޯދައި އެ މަޝްރޫއު ކުރިއަށްގެންދިއުމަކީ މި ސަރުކާރަށް އުނދަގޫ ކަމެއް ނޫން ކަމަށެވެ.

ނަމަވެސް އެ މަޝްރޫޢަށް ފައިސާ ހޯދާނެ ގޮތަކާ މެދު އަދި މަޝްވަރާ ކޮށްފައިނުވާ ކަމަށް ޝައިނީ ވިދާޅުވި އެވެ.

މާލެ ވިލިމާލެ ގުޅީފަޅު އަދި ފުށިދިއްގަރު ފަޅު ގުޅުވާލައިގެން ތަރައްގީ ކުރާ ވިލިމާލެ 2 މަޝްރޫއުގެ ފްލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން މިހާރު ވަނީ ހުޅުވާލައިފަ އެވެ. ފްލެޓަށް ކުރިމަތިލާން އޮތީ އެންމެ ދެ ޝަރުތެވެ. އެއީ، 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށް ވުމާއި އެ މީހެއްގެ އަމިއްލަ ނަމުގައި 1،000 އަކަފޫޓުގެ ބިމެއް ނެތުމުވެ.

އަންނަ އަހަރުގެ ޖެނުއަރީ މަހާ ހަމައަށް ހުޅުވާލާފައިވާ އެ ފުރުސަތަށް އެދުމަށް 3000 އަށް ވުރެ ގިނަ މީހުން ވަނީ ފޯމް ނަގައިފަ އެވެ.