Last Updated: June 11, 06:42
Thursday, June 11, 2026
ޚަބަރު

ބްރިޖު މަތީ ހިނގާލުމަށް އެތައް ސަތޭކަ ބަޔަކު ނިކުމެއްޖެ

ބްރިޖު މަތީ ހިނގާލުމަށް މީހުން ނިކުމެފައި: ފޮޓޯ - އަވަސް

މާލެ އާއި ހުޅުލެ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖު މަތީ ހިނގާލުމަށް އާންމުންނަށް ހުޅުވާލުމުން މިއަދު ހަވީރު، އެތައް ބަޔަކު ބްރިޖު މަތީ ހިނގާލުމަށް ނިކުމެއްޖެއެވެ.

އާންމުން ދަތުރުފަތުރު ކުރުމަށް ބްރިޖު އަދިވެސް ހުޅުވާފައި ނުވާއިރު ހައުސިން މިނިސްޓްރީން މިއަދު ހަވީރު 6-4 އަށް ވަނީ ބޭނުން ހުރިހާ މީހުންނަށް ބްރިޖު މަތީ ހިނގާލުމަށް ހުޅުވާލާފައެވެ.

ބްރިޖު މަތީގައި ކައިވެނި ކުރުމަށް ހުޅުވާލުމުން އެކަމަށް ހޮވުނު ފަސް ފަރާތުގެ ކައިވެނީގެ ހަފުލާވެސް ވަނީ އިއްޔެ ހަވީރު ބްރިޖު މަތީގައި ބާއްވާފައެވެ.

ބްރިޖު އާންމުންނަށް ދަތުރުކުރުމަށް ހުޅުވާލާނީ މިހިނގާ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަސް ކަމަށްވާ ހުކުރު ދުވަހެވެ.