Last Updated: June 11, 06:42
Thursday, June 11, 2026
ކުޅިވަރު

ލިވަޕޫލުން ހަތަރު ވަނަ މެޗުވެސް ކާމިޔާބުކޮށްފި

މަނޭ ލިވަޕޫލްގެ ދެވަނަ ގޯލު ކާމިޔާބުކުރަނީ: ފޮޓޯ - ޕްރިމިއާ ލީގް

އިނގިރޭސި ޕްރިމިއާ ލީގުގެ ސީޒަނެއްގެ ފުރަތަމަ ހަތަރު މެޗު 1990 ވަނަ އަހަރުން ފެށިގެން ފުރަތަމަ ފަހަރަށް މިސީޒަނުގައި ލިވަޕޫލުން ކާމިޔާބުކޮށްފިއެވެ.

މިއަދު ހަވީރު ލެސްޓާ ސިޓީއާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 2-1 އިން ލެސްޓާ ދަނޑުގައި ކުޅެގެންނެވެ. މެޗުގެ ފުރަތަމަ ދެގޯލުވެސް ފުރަތަމަ ހާފުގައި ޖަހާފައިވަނީ ލިވަޕޫލުންނެވެ.

ފުރަތަމަ ލަނޑު 10 ވަނަ މިނެޓުގައި ރޮބާޓޯ ފިރްމީނޯ ޖަހާފައިވާއިރު ސަޑިއޯ މަނޭ ވަނީ ފުރަތަމަ ހާފު ނިމެން ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށް ލިވަޕޫލްގެ ލީޑު 2-0 އަށް ފުޅާކޮށްފައެވެ.

ދެވަނަ ހާފުގައި ލެސްޓާ އިން ކުޅުން ރަނގަޅު ކޮށްފައިވާއިރު 63 ވަނަ މިނެޓުގައި ގާޒަލް ލެސްޓާ އަށް ގޯލެއް ޖަހާދީފައިވަނީ ލިވަޕޫލް ކީޕަރ އެލިސަން ބެކާ އަތުން ހެދުނު ގޯހެއްގައި، ބޯޅަ ކީޕަރު އަތުން އަތުލައި، ހުސް ގޯލަކަށް ހުރަސްކޮށްދީގެންނެވެ.

ލެސްޓާ އިން މިމެޗުގައި އިތުރު ގޯލެއް ޖަހަން މަސައްކަތް ކުރި ނަމަވެސް ލިވަޕޫލުން ވަނީ މެޗު ނިމެންދެން ކޮޅަށް ގޯލެއް ވަނަ ނުދީ ހިފަހައްޓާފައެވެ.