Last Updated: June 11, 06:42
Thursday, June 11, 2026
ޚަބަރު

ފަޒާދު އިދިކޮޅު ކޯލިޝަނާ ގުޅިވަޑައިގެންފި

ފުވައްމުލަކު މެދު ދާއިރާގެ ޕީޕީއެމް މެމްބަރު އަލީ ފަޒާދު ގުޅިފައިވާ އިދިކޮޅު އިއްތިހާދާއި މިއަދު ގުޅިވަޑައިގެންފިއެވެ.

ފަޒާދު ސަރުކާރު ފަޅި ދޫކުރައްވައި އިދިކޮޅާއި ގުޅުމަށް ނިންމައި ރަށަށް ވަޑައިގަތުމުން ފުވައްމުލަކު އިއްތިހާދު ސަޕޯޓަރުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

ފުވައްމުލަކު އިދިކޮޅު ކެމްޕޭނުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުން ވަނީ ފަޒާދު ސަރުކާރު ފަޅި ދޫކުރައްވައި އިދިކޮޅާ ގުޅުމަށް ވިސްނާފައިވާތާ މިހާރު ދުވަސްތަކެއް ވެފައިވާ ކަމަށެވެ.

ރަސްމީކޮށް އަދި އެއްވެސް ފަރާތަކުން ފަޒާދު ގުޅިފައިވާކަން އިއުލާން ކޮށްފައިނުވި ނަމަވެސް ކެމްޕޭނުގެ ބާކީ އޮތް ދުވަސްކޮޅުގައި ފަޒާދު ހަރަކާތްތެރިވާނީ އިއްތިހާދުގެ ކެންޑިޑޭޓް އިބޫ ސޯލިހް ހޮވުމަށް ކަމަށް ގާތް ބޭފުޅަކު ވަނީ މައުލޫމާތު ދީފައެވެ.