Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ބަހުސްގައި އިބޫ، ޔާމީން ބައިވެރިވެވަޑައިގަންނަވާނެ: އެމްއެންޔޫ

މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)އިން އިންތިޒާމު ކުރާ ރިޔާސީ ބަހުސްގައި ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް ޔާމީން އަބްދުލް ގައްޔޫމް އާއި އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެމްއެންޔޫއިން ބުނެފިއެވެ.

އެމްއެންޔޫއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ދެ ކެންޑިޑޭޓުންވެސް ބަހުސްގެ ދައުވަތު ގަބޫލް ކުރައްވާފައިވާ ކަމަށެވެ. ބަހުސް ބާއްވާ ތާރީހާއި ތަފްސީލް ވަރަށް އަވަހަށް ހާމަ ކުރައްވާނެކަމަށް އެމްއެެންޔޫއިން ވަނީ ބުނެފައެވެ.

އިބޫ އާއި ޔާމީން ބަހުސްގައި ބައިވެރިވެވަޑައިގަންނަވާއިރު އިއްތިހާދުން ދަނީ ޕީއެސްއެމް މިނިވަން ނޫންކަމަށް ބުނެ ފާޑު ކިޔަމުންނެެވެ.