Last Updated: April 19, 22:45
Saturday, April 20, 2024
ވިޔަފާރި

ފާސްޓް ފުޑް "އެނެއްކޯ" ޕްރޮމޯޝަންގެ ކޫފަން އަޅަން 15 ދުވަސް!

ބޮޑެތި އިނާމްތަކާ އެކު ހިތަދޫ ފާސްޓް ފުޑް ރެެސްޓޯރަންޓުން ކުރިއަށް ގެންދިޔަ "އީހަބް އެނައްކޯ ޕްރޮމޯޝަން" އޮގަސްޓު 31 ވަނަ ދުވަހުގެ ނިޔަލަށް ނިމިފައިވާ އިރު ކޫޕަން އަޅަން 15 ދުވަހުގެ މުއްދަތެއް ދީފިއެވެ.

ފާސްޓު ފުޑުން ބުނީ ކޫޕަން އެޅުމަށް ތިން ތަނެއްްގައި ފޮށި ބަހައްޓާފައިވާ އިރު 15 ދުވަހުގެ ތެރޭގައި ކޫޕަން ފުރުއްވުމަށްފަހު ފޮއްޓަށް އަޅަން ޖެހޭ ކަމަށެވެ. ފާސްޓު ފުޑްއިން ވަނީ ހިތަދޫ ސަރަސޫނާ، ބުލްބުލް އަދި ފާސްޓު ފުޑްގައި ކޫޕަން ފޮށި ބަހައްޓާފައެވެ.

މި ފަހަރުގެ ޕްރޮމޯޝަންގެ ގަދަ ތިން ނަސީބުވެރިންނަށް ހުށަހަޅާފައިވާ އިނާމްތަކަށް ބަލާ އިރު އެއް ވަނަ އަށް ހުށަހަޅާފައި ވަނީ ދެ މީހަކަށް ދުބާއީ ދެކޮޅު ޓިކެޓެވެ. އަދި ޓްރެވެލް އިންޝޫރަންސްގެ ގޮތުގައި އެއް ވަނަ ހޮވޭ ފަރާތަކަށް ސޮލެރެލް އިން ވަނީ 750،000ރ. ގެ އިންޝޫރަންސް ހުށަހަޅައިފަ އެވެ.

ދެވަނަ ނަސީބުވެރިއަކަށް އީ-ހަބުން އެސް 9 އެއް ހުށަހަޅާފައިވާ އިރު، ތިން ވަނަ ސިލްވަ ރޯޒް އިން ވަނީ 15،000ރ. ގެ އަގުހުރި ބަދިގެ ސާމާނު ހުށަހަޅައިފި އެވެ.

ގަދަ ތިން ނަސީބުވެރިންގެ އިތުރުން، އިތުރު ފަރާތްތަކަށް ވެސް އިނާމް ލިބޭނެ އެވެ. އެގޮތުން ހަތަރު ވަނަ އަށް ފާހާނާ ސެޓެއް، ފަސް ވަނަ އަށް ވަން ބްރޭންޑްގެ ފެން އަދި ހަ ވަނަ އަށް ވަނީ 2000ރ. ގިފްޓް ހެމްޕާ ހުށަހަޅައިފަ އެވެ