Last Updated: June 11, 06:42
Thursday, June 11, 2026
ޚަބަރު

ފިކުރު ބަދަލެއް ނުވޭ، ފިކުރަކީ އަބަދުވެސް އެމްޑީޕީ: ނައީމާއްތަ

އެމްޑީޕީ އެކްޓިވިސްޓު ނައީމާއްތަ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމްދީދީ އާއެކު ސިނަމާލެ ބްރިޖުގައި: ފޮޓޯ - ސޯޝަލް މީޑިޔާ

އެމްޑީޕީގެ ހަރަކާތްތަކުގެ ކުރީ ސަފުން އަބަދުވެސް ފެންނަ ނައީމާ މުހައްމަދު(ނައީމާއްތަ) އިއްޔެ އާންމުންނަށް ސިނަމާލެ ބްރިޖު މަތިން ހިނގާލުމަށް ލިބުނު ފުރުސަތުގެ ބޭނުން ހިފައި، ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާއެކު ހުރި ފޮޓޯތަކެއް އާންމުވުމާ ގުޅިގެން ސޯޝަލް މީޑިޔާގައި ދެކެވުނު ވާހަކަތަކަށް ނައީމާއްތަ ރައްދު ދީފިއެވެ.

ޕީޕީއެމްގެ ބައެއް މަޖިލިސް މެމްބަރުންނާއި ސަރުކާރުގެ ވަޒީރުންނާއެކު ނައީމާއްތަ އިއްޔެ ބުރިޖު ދެކިލަން ގޮސް، ބުރިޖު މަތީގައި ހުރި ފޮޓޯތަކާއެކު ޕީޕީއެމްގެ ބައެއް އިސް ބޭފުުޅުން ވަނީ ނައީމާއްތަ ސަރުކާރު ފަޅިއަށް ޖެހިފައިވާ ކަމަށް ބުނެފައެވެ.

ނަމަވެސް ޓުވިޓާ މެދުވެރިކޮށް ނައީމާއްތަ ވަނީ އަދިވެސް ހުރީ އެމްޑީޕީ ފިކުރުގައި ކަމަށާއި އެ ފިކުރު ދުވަހަކުވެސް ބަދަލު ނުކުރެވޭނެ ކަމަށް ބުނެފައެވެ.

އަދި ބުރިޖު މަތީ ހިނގާލަން ދިޔައީ އެ ބުރިޖަކީ ވަކި މީހެއްގެ ނުވަތަ ވަކި ޕާޓީއެއްގެ މެމްބަރުން ހިނގުމަށް އެޅި ބުރިޖަކަށް ނުވެ، ހުރިހާ ރައްޔިތުންނަށް ވެސް އެޅި ބުރިޖަކަށް ވާތީ ކަމަށް ނައީމާއްތަ ބުނެފައިވެއެވެ.