Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

އެމެރިކާއިން ޕާކިސްތާނަށް ދޭ އެހީ ހުއްޓާލަނީ

އެމެރިކާއިން ޕާކިސްތާނަށް ދޭ 300 މިލިއަން ޑޮލަރުގެ އެހީ ހުއްޓާލުމަށް އެގައުމުން ނިންމައިފިއެވެ. ފަލަސްތީނަށް ދޭ އެހީވެސް ހުއްޓާލަން އެމެރިކާ ނިންމާފައިވާއިރު ޕާކިސްތާނަށް ދޭ އެހީ ހުއްޓާލަން ނިންމީ ހަނގުރާމަވެރި ޖަމާއަތްތައް ނުހުއްޓުވޭތީ ކަމަށް ބުނެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޕާކިސްތާނުން އެމެރިކާއަށް އޮޅުވާލައި، އެހެން ގޮތް ގޮތުން އެތައް ބިލިއަން ޑޮލަރު ހޯދާ ކަމަށް ތުހުމަތު ކޮށްފައެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ޕާކިސްތާނަށް ހަނގުރާމަވެރި ޖަމާއަތް، ތާލިބާން ހުއްޓުވެން ޖެހޭނެ ކަމަށާއި އެކަން ނުކުރެވިގެން އުޅެނީ ކުރަންވާ މަސައްކަތް އެކަށީގެންވާ ގޮތުގައި ނުކުރެވޭތީ ކަމަށް ބުނެފައެވެ.

އެމެރިކާ އިން ބުނެފައިވާ ގޮތުގައި ޕާކިސްތާނަށް ދޭ އެހީ އެއަށްވުރެ މުހިންމު ކަންތައްތަކަށް ޚަރަދު ކުރުމަށް ގަސްދުކޮށްފައިވާ ކަމަށެވެ.