Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

ޗުއްޓީ ހޭދަކޮށްލުމަށް ސައިފް ރާއްޖޭގައި

ބޮލީވުޑްގެ މަޝްހޫރު ތަރި ސައިފް އަލީ ޚާންއާއި އަންހެނުން ކަރީނާ ކަޕޫރް އަދި އެންމެ ކުޑަ ދަރިފުޅު ތައިމޫރް ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށް އަތުވެއްޖެއެވެ.

ސައިފްއާއެކު އޭނާގެ ކޮއްކޮ ސޯހާ އަލީ ޚާން އާއި އޭނާގެ އާއިލާވެސް މިއަދު ވަނީ ރާއްޖެ އައިސްފައެވެ. ސައިފްގެ އާއިލާ މެމްބަރުން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލަނީ ސޮނޭވާފުށި ރިސޯޓުގައެވެ.

އިންސްޓަގްރާމްގައި ސައިފްއާއި އާއިލާ، ޗުއްޓީ ހޭދަކުރުމަށް އައިސްފައިވާ ފޮޓޯތައް ވަނީ ދައުރުވެފައެވެ. ބޮލީވުޑްގެ އިތުރުން ހޮލީވުޑްގެ ތަރިންނާއި މަޝްހޫރު އެތްލީޓުން އަދި ފަންނާނުން ވެސް ވަރަށް ގިނައިން ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖޭގެ ރިސޯޓުތައް އިޚުތިޔާރު ކުރެއެވެ.