Last Updated: June 11, 06:23
Thursday, June 11, 2026
ޚަބަރު

ނަޝްފާއަށް ހަމަލާދިން މީހުން ހައްޔަރުކޮށްފި

މީގެ ހަފްތާއެއްހާ ދުވަސް ކުރިން އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކަށް ހަމަލާދޭ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާންމުވުމާއު ގުޅިގެން ފުލުހުން އެމައްސަލައިގެ ތަހުގީގަށް ދެ އަންހެން ކުދިން ހައްޔަރުކޮށްފިއެވެ.

ވީޑިއޯގައި ހަމަލާ ދީފައިވަނީ ގދ. ތިނަދޫއަށް ނިސްބަތްވާ ނަޝްފާ ހަސަންއަށެވެ. އެ ވީޑިއޯ އިން ދެ އަންހެން ކުދިން ނަޝްފާއާ ހުތުރު ބަހުން މުޚާތަބުކޮށް މޫނުމަތީގައި ޖަހާތަން ވެސް ފެނިގެން ދެއެވެ.

މިމައްސަލަ ފުލުހުންނަށް ހުށައެޅުމުން ފުލުހުން މައްސަލައިގެ ތަހުގީގު ފަށައި، ކޯޓު އަމުރަކާއެކު ދެ އަންހެން ކުދިން ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ބުނެފައިވަނީ ހައްޔަރުކޮށްފައިވަނީ އުމުރުން 18 އަހަރާއި 17 އަހަރުގެ އަންހެން ކުއްޖެއް ކަމަށެވެ.

ވީޑިއޯ ސޯޝަލް މީޑިޔާގައި ދައުރުވެ، ފާޑުކިޔުންތައް އަމާޒުވުމާ ގުޅިގެން ވީޑިއޯގައި ފެންނަ ދެ ކުއްޖަކު ވަނީ ކުށަށް އިއުތިރާފުވެ މައާފަށް އެދިފައެވެ.