އަންނަ ރިޔާސީ އިންތިހާބުގައި ވާލޭގެ ވޯޓުގެ 85 ޕަސެންޓު ރައީސް އަބްދުﷲ ޔާމީން ކާމިޔާބު ކުރައްވާނެކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.
މާލޭގެ 77 ޕަސެންޓު ވޯޓު އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކާމިޔާބު ކުރައްވާނެކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓަށް ޖަވާބު ދެއްވަމުން ޝައިނީ ވިދާޅުވީ ޕީއެމުން ހިންގި ޑޯޓްޑޯގެ ނަތީޖާ ދައްކާ ގޮތުން މާލޭގެ 85 ޕަސެންޓަށް ވުރެ ގިނަ ރައްޔިތުން ތިބީ ރައީސް ޔާމީނަށް ވޯޓް ދޭން ތައްޔާރަށް ކަމަށެވެ. އަދި ނަޝީދުގެ ހިސާބުތައް ޝައިނީ ސިފަ ކުރެއްވީ ޖޯކެއް ގޮތަށެވެ.
Thats funny, our d2d survey suggest little more than that (85%) will vote for President Yameen.
— Mohamed Shainee (@mshainee) September 2, 2018
ސެޕްޓެމްބަރ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ފޯރީގައި މުޅި ރާއްޖޭގައި ކުރިއަށްދާއިރު މިހާތަނަށް އެކި ފަރާތްތަކުން ސޯޝަލް މީޑިއާގައި ނަގާފައިވާ ގިނަ ޕޯލްތަކުން ރައީސް ޔާމީނަށް 20 ޕަސެންޓުވެސް ނުލިބެއެވެ.