Last Updated: June 11, 06:23
Thursday, June 11, 2026
ޚަބަރު

ބުރިޖުން އަގު ނަގަނީ ވޯޓަށް ފަހު

ބްރިޖު މަތީ ހިނގާލުމަށް މީހުން ނިކުމެފައި: ފޮޓޯ - އަވަސް

ސިނަމާލެ ބްރިޖުން ދަތުރުކުރުމަށް އަގު ނަގަން ފަށާނީ މިމަހުގެ 23 އަށް ފަހު ކަމަށް ހައުސިން މިނިސްޓްރީން ހާމަކޮށްފިއެވެ.

ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ، އަބްދުﷲ ޒިޔާދު ވިދާޅުވީ ބްރިޖުން ދަތުރުކުރުމަށް ނަގާ ފީ، މިމަހުގެ 23 ވަނަ ދުވަހުގެ ކުރިން ނަގާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

ބްރިޖުން ދަތުރުކުރުމަށް ނަގާ ޓޮލްގެ އަގު އަދިވެސް މިނިސްޓްރީން ހާމަކޮށްފައިނުވާއިރު އަގު ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހުޅުވި މިބްރިޖުގައި މިހާތަނަށް ވަނީ ފަސް ކައިވެންޏެއް ކުރެވި، އެމްއެންޔޫގެ ގްރެޖުއޭޝަން ރަސްމިއްޔާތުވެސް ބާއްވާފައެވެ. ބްރިޖު އާންމުން ދަތުރުކުރުމަށް ހުޅުވާލާނީ ހުކުުރު ދުވަހުގައެވެ.