Last Updated: June 11, 06:23
Thursday, June 11, 2026
ކުޅިވަރު

ބާބަޓޮވްއަށް މެން ސިޓީ އެއްގޮތަކަށް ވެސް ކަމަކުނުދިޔަ

(Photo by Alex Livesey/Getty Images)

މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ފޯވާޑް، ޑިމިޓަ ބާބަޓޮވް 2008 ވަނަ އަހަރު ޓޮޓެންހަމް އިން ޔުނައިޓެޑަށް ބަދަލުވުމުގެ ކުރިން މެންޗެސްޓާ ސިޓީއިން އޭނާ ހޯދުމަށް މަސައްކަތް ކުރި ކަމަށް އޭނާ ބުނެފިއެވެ.

މެންޗެސްޓާ ސިޓީ އެއަހަރު ގަތަރުގެ ވިޔަފާރިވެރިޔާ މަންސޫރް ބިން ޒައިދު ގަތުމަށް ފަހު ޓީމު އާރާސްތު ކުރަން ބޮޑެތި ހޭދަތަކެއް ވަނީ ކޮށްފައެވެ.

ބޮޑު އަގެއް ބާބަޓޮވް ހޯދުމަށް ހުށައެޅި ނަމަވެސް އޭނާ ވަނީ ސިޓީއަށް "ހޯހޯ" ކިޔާފައި ޔުނައިޓެޑާއި އެއްބަސްވުމެއް ހެދުމަށް އޭޖެންޓަށް އަންގާފައެވެ.

ޔުނައިޓެޑުން ބާބަޓޮވް އޮލްޑް ޓްރެފޮޑްއަށް ގެންގޮސްފައިވަނީ އެސީޒަނުގެ ޓްރާންސްފާ އެންމެ ފަހު ދުވަހު، 30 މިލިއަން ޕައުންޑުގެ އަގަކަށެވެ. ބާބަޓޮވް ހޯދަން ސިޓީއިން 34 މިލިއަން ޕައުންޑު ޓޮޓެންހަމަށް ހުށައެޅި ނަމަވެސް އޭނާ ވަނީ އޭރު ޔުނައިޓެޑަށް އަމާޒު ހިފާފައި ކަމަށް އޭޖެންޓު ބުނެފައިވެއެވެ.