ފުވައްމުލަކުގެ ތަރައްޤީއަށް އިހްމާލުވެ، ހުރަސް އަޅާފައިވަނީ މަޖްލިސްގެ ރައިސް އަބްދުﷲ މަސީހު އާއި ޕީޕީއެމްގެ ނައިބް ލީޑަރ އަބްދުﷲ އަބްދުއް ރަހީމްކަމަށް ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރ އަލީ ޝާހު ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހުގެ ރޭ ފުވައްމުލަކުގައި ޝެއިހް އިލްޔާސް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝާހި ވިދާޅުވީ މިހާރު ކޮންމެހެން އަބްދުއް ރަހީމް ފުވައްމުލަކަށް ވަޑައިގެން ރައްޔިތުންގެ ބުރަކަށީގައި ފިރުމާކަށް ނުޖެހޭ ކަމަށެވެ.
ފުވައްމުލަކުގެ މަގުތަކާއި ހޮސްޕިޓަލް، ނަރުދަމާ އަދި ތައުލީމްގެ އިތުރުން އެރަށުގެ ރައްޔިތުންގެ ދިރިތިބުމާއި ގުޅިފައިވާ ފުވައްމުލަކު ރަށް ގިރުމުގެ ކަންކަން ހައްލު ނުކުރެވޭކަމަށް ޝާހު ވިދާޅުވިއެވެ. ޝާހު ވިދާޅުވީ އެރަށުގައި ވަޒީފާ އިތުރު ކުރުމަށް ކުރި މަސައްކަތް ވެސް ފެއިލްކޮަށްލާފައިވަނީ ޕިޕީއެމްގެ ލީޑަރޝިޕްގެ ތެރެއިން މަސީހު ހިމެނިވަޑައިގެންކަމަށެވެ.
ޝާހު ވިދާޅުވީ މަސީހުގެ ނޯކޮންފިޑެންސްގައި ސޮއި ކުރެއްވީ މިކަންކަން މިހެން ހުރެ މަޖްލިސްގެ ރައީސް ބޭރުކުރަންޖެހޭ ކަމަށް ގަބޫލް ކުރެވިގެން ކަމަށެވެ. އަދި އެކަން އެގޮތަށް ނިންމީ ގައުމާއި ވަތަން ހިމާޔަތް ކުރުން މާ މުހިއްމުކަމަށް ދެކެވަޑައިގެން ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް އަމާޒު ކުރައްވައި ޝާހު ވިދާޅުވީ ޝަހީމް ރާއްޖޭން ބޭރުގައި ހުންނަވައިގެން ދެ ފަހަރެއްގެ މަތިން ބައްދަލުކޮށް މިހާރުގެ ވެރިކަމާއި ގުޅޭގޮތުން އަމިއްލައަށް ދެއްކެވި ވާހަކަތައް ރީއްޗެއް ނޫންކަމަށާއި، ދުލުގަިއ ހިފައި ދަމަން ނޫޅުއްވުމަށެވެ.
އަދި ދީނީ ޝޭހަަކަށް ވެވަޑައިގެން އެެހެން އިލްމުވެރިންގެ އަގު ނުވެއްޓުމަށް ޝާހު އިލްތިމާސް ކުރެއްވިއެވެ.