Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

އައްޑޫއިން ވާ މަދުކުރުމަށް ބަޑި ޖަހަނީ

އައްޑޫ ދޮންދީނި : ފޮޓޯ: ހަސަން ނަޖްމީ

އައްޑޫގައި ވާ ގިނަވެ ދަނޑު ގޮވާމަށް ގެއްލުން ލިބެމުންދަތީ ވާ މަދުކުރުމަށް އެމްއެންޑީއެފްއިން ބަޑި ޖެހުމަށް ނިންމައިފިއެވެ.

އެމްއެންޑީއެފްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން މިމަހުގެ 11 ވަނަ ދުވަހާއި ހަމައަށް އައްޑޫގެ އެކި ސަރަހައްދުތަކުގައި ވާ މެރުމަށް ބަޑި ޖަހާނެ ކަމަށެވެ.

އެގޮތުން މި ތާރީހު ތަކުގައި ހެނދުނާއި ހަވީރު ވާލަށް ބަޑި ޖެހި ނަމަވެސް މިކަމުގެ ސަބަބުން އެއްވެސް ނުރައްކަލެއް ނެތްކަމުގެ ޔަގީންކަން އެމްއެންޑީއެފްއިން ވަނީ ދީފައެވެ.

ފަހަކަށް އައިސް އައްޑޫގައި ވާ ވަރަށް ބޮޑަށް އިތުރުވެފައިވާ އިރު ވާލުގެ އެކި އުނދަގޫ އާއްމުންނަށް ދަނީ ފޯރަމުންނެެވެ.