Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ވޯޓުގެ ކުރިން އެންމެ ބޮޑެތި ބޯޓުތައް ރާއްޖެ ޖައްސާނެ: ރައީސް

އަންނަ ރިޔާސީ އިންތިހާބުގެ ކުރިން އެންމެ ބޮޑެތި މަތިންދާ ބޯޓު، އޭ 380 ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސަން ފަށާނެކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

އދ. މާމިގިލީ ފެނާއި، ނަރުދަމާ އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާންގެ ވެރިކަމުގައި ރާއްޖޭގެ ތަރައްޤީ އެހެން ހަރުފަތަށް ގެނެސް ދެއްވާފައިވާ ކަމަށެވެ.

ޔާމީން ވިދާޅުވީ 23 ސެޕްޓެމްބަރގެ ކުރިން އެންމެ ބޮޑެތި ބޯޓުތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާނެކަމަށާއި، މިއީ ކުޑަ ގައުމަކުން ޖައްވަށް ރޮކެޓު ފޮނުވުން ފަދަ ކަމެއް ކަމަށެވެ.

ރައީސް ވަނީ އެމަނިކުފާން ގައުމަށް ގެނެސްދެއްވާ ތަރައްޤީ ވަޒަންކޮށް އަދި އެއް ދައުރަށް ވެރިކަމުގައި ބެހެއްޓުމަށް މާމިގިލީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.