Last Updated: July 27, 18:03
Monday, July 27, 2026
ޚަބަރު

ފުލުހުންގެ ތަމްރީނުތައް ފަށަނީ

ރިޔާސީ އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހަރަކާތްތެރިވާ ފުލުހުންގެ ތަމްރީން ޕްރޮގްރާމްތައް މާދަމާ ފެށުމަށް ނިންމައިފިއެވެ.

އޮޕަރޭޝަން "ބްލޫވޭވް" ގެ ނަމުން ނަން ދީފައިވާ މި ތަމްރީން ޕްރޮގްރާމްތައް މާދަމާ މާލެއާއި އަތޮޅު ތެރޭގައި ވެސް ފަށާނެއެވެ.

އިންތިޚާބުގެ ތެރެއިން ދިމާވެދާނެ ކަންތައްތަކާއި އެކަންތައްތައް ހައްލު ކުރާނެ ގޮތް މި އޮޕަރޭޝަނުގައި ފުލުހުންނަށް ކިޔާދީ ތަމްރީން ކުރެވޭނެއެވެ.

މިއޮޕަރޭޝަނުގެ ކޮމާންޑަރަކަށް ހުންނެވީ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ހަމްދޫން ރަޝީދެވެ.