Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ޝެއިހް އިލްޔާސް ހައްޔަރު ކުރުމަށް ކޯޓު އަމުރެއް!؟

ދިވެހިންގެ ތެރެއިން ގިނަ ބައެއްގެ ލޯބި ލިބިފައިވާ ދީނީ ޢިލްމުވެރިޔާ ޝެއިޚް އިލްޔާސް ހުސައިން ހައްޔަރު ކުރުމަށް ކޯޓު އަމުރެއް ނެރެފައިވާ ކަމުގެ އަޑުތައް ފެތުރެމުން އެބަގެންދެއެވެ.

އައްޑޫ ސިޓީ ހިތަދޫ އަށް ނިސްބަތްވެވަޑައިގަންނަވާ ޝެއިޚް އިލްޔާސް އަކީ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އެވެ.

ޝެއިހް އިލްޔާސް ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައިވާ ކަމުގެ އަޑުތައް ފެތުރެން ފަށާފައި މިވަނީ އެބޭފުޅާ ހައްޔަރު ކުރުމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު ނިހާނު ވަނީ ގޮވާލާފައި ވަނިކޮށެވެ.

ހޮނިހިރު ދުވަހުން ފެށިގެން އައްޑޫ އަދި ފުވައްމުލަކުގައި އަނިޔާވެރިކަމާއި ދެކޮޅަށް ނިކުންނަން ޖެހޭކަމަށް ވިދާޅުވެ ޝެއިޚް އިލްޔާސް ގެންދަވަނީ ދަރުސް ދެއްވަމުންނެވެ.

އެގޮތުން ފާއިތުވި ހޮނިހިރު ދުވަހުގެ ރޭ ހިތަދޫގައި ބޭއްވި ދަރުސްގައި އަލްމަރުހޫމް ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލަ ތަހްގީގު ނުކުރެވޭތީ އެކަމާއި ޝެއިޚް އިލްޔާސް ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގެ ވާހަކަތައް ދައްކަވަން ފެއްޓެވި ހިސާބުން ޕީޕީއެމްގެ ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިޔާގައި ޝެއިޚް އިލްޔާސް އަށް ފާޑުކިޔަން ފަށާފައެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިން މޭޓް ޑރ. ޝަހީމް ވެސް ގެންދަވަނީ ޝެއިޚް އިލްޔާސް އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.