Last Updated: June 11, 06:23
Thursday, June 11, 2026
ކުޅިވަރު

ސާފް ޗެމްޕިއަންޝިޕް: ބަންގާޅަށް ރަނގަޅު ފެށުމެއް

މިއަދު ބަންގްލަދޭޝްގައި ފެށުނު ސާފް ސުޒުކީ ކަޕްގެ ފުރަތަމަ މެޗުގައި މުބާރާތް ބާއްވާ ގައުމު، ބަންގްލަދޭޝުން ބޫޓާނާ ދެކޮޅަށް ކުޅެ، މެޗު ކާމިޔާބުކޮށްފިއެވެ.

ބަންގުބަންދު ސްޓޭޑިއަމުގައި ކުޅުނު މިމެޗު ބަންގާޅު ގައުމީ ޓީމުން ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ. އަމިއްލަ ގައުމުގައި ބަންގާޅުން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ފޯރިގަދަ ކުޅުމެއް ދައްކާފައެވެ.

އެތައް ހާސް ރައްޔިތުން ކުރިމަތީ ކުޅުނު މިމެޗުގެ ފުރަތަމަ ގޯލު މެޗުގެ ފުރަތަމަ މިނެޓު ތެރޭ ބަންގާޅަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ޑިފެންޓަރު ޓޮޕޫ ބާމަންއެވެ. ދެވަނަ ލަނޑު ދެވަނަ ހާފުގެ ދެވަނަ މިނެޓުގައި ބަންގާޅަށް ޖަހާ ދިނީ މެހެބޫރު ރަހްމާންއެވެ.

ގްރޫޕު އޭގައި މިއަދު ކުޅުނު ދެވަނަ މެޗުގައި ޕާކިސްތާނުން ވަނީ ނޭޕާލްގެ މައްޗަށް 1-2 އިން ކުރި ހޯދާފައެވެ. މިމުބާރާތުގައި ރާއްޖެ ކުޅޭނީ އަންނަ ހުކުރު ދުވަހު ލަންކާއާ ދެކޮޅަށެވެ.