ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި އެކު ހއ. އަތޮޅު ކެމްޕެއިނަށް ފުވައްމުލަކު މެދު ދާއިރާގެ މެމްބަރ އަލީ ފަޒާދު ފުރާވަޑައިގެންފިއެވެ.
ފަޒާދު ރަސްމީކޮށް ގުޅިފައިވާ ސިޔާސީ ޕާޓީތަކާއި އެކު ކެމްޕެއިންއަށް ނިކުންނެވި އިރު މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ފުވައްމުލަކަށް ވަޑައިގަތުމުން ގިނަ އަދަދެއްގެ ރައްޔިތުން ނިކުމެ ވަނީ ފަޒާދަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.
ފަަޒާދު އިދިކޮޅު ކެމްޕެއިންގައި ހަރަކާތްތެރިވާން ފެށުމުން ފުވައްމުލަކުގެ ތިން މެމްބަރުންގެ ތެރެއިން 2 މެމްބަރުންގެ ތާއިދު އިބޫއަށް ލިބުނީއެވެ.
ފަޒާދު އަދި ހުންނެވީ ޕީޕީއެމް މެމްބަރެެއްގެ ގޮތުގައެވެ. ނަމަވެސް ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ވައިބަރ އަދި އެހެނިހެން ޕީޕީއެމް ވައިބަރ ގްރޫޕްތަކުން ފަޒާދު މިހާރު ވަނީ ބޭރުކޮށްލާފައެވެ.