Last Updated: June 10, 20:48
Thursday, June 11, 2026
ޚަބަރު

ރައީސް ޔާމީން ވ. އަތޮޅަށް ވަޑައިގެންފި

ރައީސް އަބްދުﷲ ޔާމީން، ކެމްޕޭނު ދަތުރުފުޅެއްގައި ވ. އަތޮޅަށް މިއަދު ވަޑައިގެންފިއެވެ.

އެގޮތުން މިއަދު އެމަނިކުފާނު ވަނީ ވ. ފުލިދުއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާފައެވެ. ރައީސް ޔާމީންގެ މި ދަތުރުފުޅުގައި ފެލިދުއަށް ވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ކެމްޕޭނު ދަތުރުފުޅުތަކުގައި ރައީސް ޔާމީން ވަނީ އެކިއެކި ރަށްތަކުގައި ފައްޓަވާފައިވާ މަޝްރޫއުތައް ނިންމައި ދެއްވާފައެވެ. އަދި އެމަނިކުފާނު ދެވަނަ ދައުރަކަށް ހޮއްވަވަން ޖެހޭ ސަބަބުތައް ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވެއެވެ.

ނަމަވެސް ރައީސް ޔާމީންގެ މިޖަލްސާތަކުގައި ބޮޑަށް ފާހަގަވަނީ އިދިކޮޅު ކެންޑިޑޭޓް، އިބޫގެ ސިޔާސަތުތަކަށް ރައްދު ދިނުން ކަމަށް އިދިކޮޅުން ވަނީ ތުހުމަތުކޮށްފައެވެ.