Last Updated: June 10, 20:48
Thursday, June 11, 2026
ޚަބަރު

އެމްޑީއޭ، ޕީޕީއެމް ކޯލިޝަނުން ވަކިވެއްޖެ

ސަރުކާރު ކޯލިޝަނުގައި ހިމެނޭ މޯލްޑިވްސް ޑިވެލޮޕްމެންޓް އެލައެންސް(އެމްޑީއޭ) އިން ޕީޕީއެމް ކޯލިޝަނުން ވަކިވެ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރުމަށް ނިންމައިފިއެވެ.

މިހާރު ކުރިއަށްދާ އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައި އެމްޑީއޭ ވަނީ ޕީޕީއެމް ކޯލިޝަނާއެކު ކުރިއަށް ނުދިއުމަށް ތްރީ ލައިން ވިޕެއް ނެރެފައެވެ. އަދި އެމްޑީޕީއާއި ގުޅިފައިވާ އިއްތިހާދާވެސް ނުގުޅުމަށް އެޕާޓީން ވަނީ ނިންމާފައެވެ.

އެމްޑީއޭ އިން ނެރުނު ބަޔާނެއްގައި ރައީސް ޔާމީނަށް ދެވަނަ ދައުރެއް ދެއްވުމަށް އެޕާޓީން ތާއީދު ނުކުރާކަން ހާމަކޮށްފައިވާއިރު، ދާދި ފަހުން ޕާޓީގެ ލީޑަރ، މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ވަނީ ޕާޓީ ހިންގުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފާ ހަވާލު ކުރައްވައި ޒިންމާތަކުން އެކަހެރިވެފައެވެ.

އެމްޑީއޭ ޕީޕީއެމް ކޯލިޝަނުން ވަކި ވާން އުޅޭ ކަމުގެ އަޑުތައް ފެތުރިފައިވާއިރު ރައީސް ޔާމީން ވަނީ އެމްޑީއޭ އޮތީ ޕީޕީއެމްއާ އެކު ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.

އިތުރު ތަފްސީލު އަންނަނީ..