Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ޕީޕީއެމް ޕީޖީ ގްރޫޕުން އަނެއްކާވެސް 6 މަޖްލިސް މެމްބަރުން މަދުވެއްޖެ

ވެރިކަން ކުރާ ޕީޕީއެމް ކޯލިޝަނުގައި ހިމެނޭ އެމްޑީއޭއިން ޕީޕީއެމްއަށް ތާއިދު ނުކުރަން ނިންމުމާއި ގުޅިގެން ޕީޕީއެމް/އެމްޑީއޭ ޕީޖީ ގްރޫޕުން 5 މަޖްލިސް މެމްބަރުން މަދުވެއްޖެއެވެ.

އެމްޑީއޭ ޕީޕީއެމް ކޯލިޝަނުން ވަކިވި އިރު ޕީޕީއެމް މެމްބަރެއްގެ ގޮތުގައި ހުންނެވި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދުވެސް ވަނީ އިދިކޮޅު އިއްތިހާދާއި ގުޅިވަޑައިގެންފައެވެ. ފަޒާދު އިއްތިހާދާއި ގުޅުމާއި ގުޅިގެން އޭނާގެ މައްސަލަ ޕީޕީއެމް ސުލޫކީ ކޮމެޓީއަށް ވަނީ ފޮނުވާފައެވެ.

އެމްޑީއޭއިން މިއަދު ބޭއްވި އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ވަނީ ޕީޕީއެމް އާއި އެކު ކޯލީޝަން ނަހަދަން ނިންމައި، މެންބަރުން ބޭނުން ޕާޓީއަކާ ގުޅިގެން ކެމްޕެއިން ކުރުމުގެ ފުރުސަތު ދޭން ނިންމާފައެވެ.

އެމްޑީއޭގެ މަޖްލިސް މެމްބަރުންގެ ގޮތުގައި މިވަގުތު ތިއްބެވީ ޕާޓީގެ ލީޑަރ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް (ސަން ސިޔާމް)، ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް އާއި، ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރުގެ އިތުރުން ކެނޑިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފު އާއި މަނަދޫ ދާއިރާގެ މެމްބަރު އުމަރު ހުސެއިންއެވެ.

އެމްޑީއޭ ވަކިވެ މެމްބަރު ފަޒާދު ޕީޕީއެމް ދޫކޮށްލުމާއި އެކު ޕީޕީއެމްގެ މަޖްލިސް މެމްބަރުންގެ އަދަދު 36 އަށް މަދުވީއެވެ.