Last Updated: June 10, 20:48
Thursday, June 11, 2026
ޚަބަރު

އެމްޑީޕީއާ ރާއްޖެ ޓީވީއާ ދެކޮޅަށް ރައީސް ޔާމީން ދައުވާކުރަނީ

އިދިކޮޅު އެމްޑީޕީއާއި ޓީވީ ޗެނަލް، ރާއްޖެ ޓީވީއިން ރައީސް އަބްދުﷲ ޔާމީންގެ އަބުރަށް އަރާފައިވާ ކަމަށް ބުނެ ދައުވާ ކުރަން ރައީސް ޔާމީން ގަސްދު ކުރައްވައިފިއެވެ.

އެގޮތުން އެމްޑީޕީން މިދިޔަ ހޯމަ ދުވަހު ރާއްޖެ ޓީވީގައި ދެއްވި ޕްރެސް ކޮންފަރެންސެއްގައި، ރާއްޖެއިން ބޭރުގައި ރައީސް ޔާމީން ތެލުގެ ވަގު ވިޔަފާރި ކުރާ ކަމަށް ބުނެފައިވާތީ އެޕާޓީއާ ދެކޮޅަށް ދައުވާ ކުރުމަށް ވަނީ ނިންމާފައެވެ. އަދި ޕްރެސް ކޮންފަރެންސް ލައިވު ކުރުމުން ރާއްޖެ ޓީވީއާ ދެކޮޅަށް ވެސް ދައުވާ ކުރުމަށް ރައީސް ވަނީ ނިންމަވާފައެވެ.

ރައީސް ޔާމީނުގެ ގާނޫނީ ވަކީލުންގެ ޓީމުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ސާބިތު ނުހިފޭ ވާހަކަ އެމަނިކުފާނޭ ކިޔައިގެން ދައްކާފައިވާތީ، އެމަނިކުފާނަށް ލިބުނު ގެއްލުމުގެ ބަދަލު ކޯޓުން ހޯދުމަށް މައްސަލަ ހުށައަޅާފައިވާ ކަމަށެވެ.

ފުލުހުން ވަނީ ރައީސް ޔާމީނާ، އުތުރު ކޮރެއާއާ ދިވެހި ޓޭންކަރަކާ ދެމެދު ހިނގި މުއާމަލާތާ އެއްވެސް ގުޅުމެއް ނެތް ކަމަށް ބުނެފައެވެ.