Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ޔާމީންގެ ވަށައިގެން ތިބި އެންމެން ހުސްވަނީ

ޕީޕީއެމް ކޯލިޝަންގެ ތެރޭގައި ހިމެނޭ އެމްޑީއޭ ޕީޕީއެމްއިން ވަކިވުމާއި އެކު ރައީސް އަބްދުﷲ ޔާމީންގެ ވަށައިގެން ތިއްބެވި އެންމެން ހުސްވަމުންދާކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރ ރޮޒައިނާ އާދަމް (ރޮޒޭ) ވިދާޅުވެއްޖެއެވެ.

ރޮޒޭ ވިދާޅުވީ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު އިބޫއަށް ތާއިދު ކުރައްވަން ނިންމަވައި ކެމްޕެއިންއަށް ނިކުމެ ވަޑައިގެންފި ކަމަށާއި، އެމްޑީއޭ ޕީޕީއެމް އާއި ކޯލިޝަން ނުހެދުމުން ޔާމީން ވަށައިގެން ތިބި އެންމެން ހުސްވަމުންދާ ކަމަށެވެ.

ރޮޒޭ ވަނީ އަލިފާންގެ ކުޅިވަރާއި ވަޅީގެ ކުޅިވަރު ހުއްޓާލައި ގެއަށް ވަދުމަށް ގޮވާލާފައެވެ.

ޕީޕީއެމް ކޯލިޝަނުން އެމްޑީއޭ ވަކިވެ، މެމްބަރު ފަޒާދު ވަކިވުމުން ޕީޕީއެމްގެ މަޖިލިސް މެޖޯރިޓީ ގެއްލި ޕީޕީއެމް މަޖްލިސް މެމްބަރުންގެ އަދަދު ވަނީ 36 އަށް މަދުވެފައެވެ.