މިމަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ސ. ފޭދޫގައި ބަހައްޓާ 4 ވޯޓު ފޮއްޓަށް އިލެކްޝަން ކަމިޝަނުން އައްޔަންކޮށްފައިވަނީ ޕީޕީއެމް އެކްޓިވިސްޓުން ކަމަށް ބުނެ ރައްޔިތުން ފާޑު ކިޔަން ފަށައިފިއެވެ.
S. Feydhooga bahattaa 4 fohtahves EC inn ayyanu koffaivanee hus PPM ge activistun.Iyyeves D2D ga.
Hurihaa rashehgaves mikan othee mihen.Saafu heki ebahuri. @akram4535
Vote fosheege officialakah hunna meeheh, vote olhuvaalan kuraa amalehge natheejaa akee 5 aharuge jalu hukumeh. pic.twitter.com/Tw7MNeLCfu
— Ahmed Mahloof (@AhmedMahloof) September 6, 2018
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުގައި ވޯޓު ފޮށިތަކާއި ހަވާލުކޮށްފައިވާ މީހުން، ޕީޕީއެމް ޓީޝާޓުގައި ޑޯޓުޑޯގައި ހަރަކާތްތެރިވަމުންދާ މަންޒަރު ފެނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފު މިފޮޓޯ ޓްވިޓަރގައި ޝެއާކުރަމުން ވިދާޅުވެފައިވަނީ ފޭދޫގެ ވޯޓު ފޮށިތަކަށް އިލެކްޝަނުން އައްޔަން ކުރި އެންމެން ޕީޕީއެމް ކެމްޕެއިންގައި ހަރަކާތްތެރިވަމުން އަންނަ އިރު މުޅި ރާއްޖޭގައިވެސް މިކަން އޮތީ މިގޮތަށް ކަމަށެވެ. މަހްލޫފު ވިދާޅުވީ ހުރިހާ ރަށެއްގައި މިކަން މިގޮތަށް ދާ ކަމުގެ ސާފު ހެކި ހުރިކަމަށެވެ.
މަހްލޫފު ވިދާޅުވީ ވޯޓު ފޮށީގެ އޮފިޝަލަކަށް ހުންނަ މީހެއް ވޯޓު އޮޅުވާލުމަށް ކުރާ އަމަލެއްްގެ ނަތީޖާ އަކީ ފަސް އަހަރު ޖަލު ހުކުމެއް ކަމަށެވެ.
ފޭދޫގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ވޯޓު ފޮއްޓާއި ހަވާލުވެ ތިބި އިސްވެރިން ރައީސް ޔާމީނަށް ކެމްޕެއިން ކުރައްވާ ކަމުގެ ތުހުމަތު ރައްޔިތުން ދަނީ ކުރަމުންނެވެ.