Last Updated: June 12, 11:16
Friday, June 12, 2026
ޚަބަރު

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މާދަމާ ހިތަދޫގައި ސައިކަލް ރެލީއެއް!

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނިމިގެން ދިޔަ ހުކުރު ދުވަހު ބޭއްވި ސައިކަލް ބުރު، ފޮޓޯ: އަޒީމް ނަޖުމީ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހިތަދޫގައި ސައިކަލް ރެލީއެއް ބާއްވަން ނިންމައިފިއެވެ.

އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ރަނިންމޭޓު ފައިސަލް ނަސީމަށް އައްޑޫގައި އޮތް ތާއިދު ދައްކާލުމަށް އިންތިޒާމް ކުރާ ރެލީ ފެށުމަށް ހަމަޖެހިފައިވަނީ ހިތަދޫ ލިންކު ރޯޑުގައި ހުންނަ އެމްޑީޕީ ހަރުގެ ކުރިމަތިން ހަވީރު 4 ޖަހާއިރު އެވެ.

މި ސައިކަލް ބުރުގައި ވީހާވެސް ގިނަ އިބޫއަށް ތާއިދު ކުރައްވާ ފަރާތްތަކުން ބައިވެރިވުމަށް އެދިވަޑައިގެންފައިވާ އިރު ސައިކަލް ރެލީ ނިންމާލުމަށް ހަމަޖެހިފައިވަނީ ހިތަދޫ ބަނދަރު ފަތާ ޓްރެކް ސަރަހައްދަށެެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނިމިގެން ދިޔަ ހަފްތާގައިވަނީ މަރަދޫ، މަރަދޫ ފޭދޫ އަދި ފޭދޫގައި ވެހިކަލް ބުރެއް ބާއްވާފައެވެ. މި ބުރުގައިވެސް ގުޅިފައިވާ ރަށްތަކުގެ ސަޕޯޓަރުން ބައިވެރިވިއެވެ.