Last Updated: June 10, 20:48
Thursday, June 11, 2026
ޚަބަރު

ނަޝީދު މިއަދު ފޭސްބުކް މެދުވެރިކޮށް ރައްޔިތުންނާ ބައްދަލުކުރަނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: ގޫގުލް

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހަވީރު 5:00 ގައި ރައްޔިތުންނާ ބައްދަލުކުރައްވަން ނިންމަވައިފިއެވެ.

ފޭސްބުކް ލައިވް މެދުވެރިކޮށް ނަޝީދު ރައްޔިތުންނާ ބައްދަލުކުރުމަށް ހަމަޖެހިފައިވާއިރު އެމަނިކުފާނު ވަނީ ސުވާލާއި ޖަވާބު ސެޝަނެއް ވެސް ބޭއްވުމަށް ނިންމަވާފައެވެ.

ނަޝީދު ވަނީ އިންތިޚާބަށް ކުރިމަތިލައްވާނެ ކަން އިއުލާން ކުރެއްވުމަށް ފަހު ސްކައިޕް އަދި ފޭސްބުކް މެދުވެރިކޮށް ރައްޔިތުންނާ ބައްދަލު ކުރައްވާފައެވެ.

ނަމަވެސް އެމަނިކުފާނަށް ކުރިމަތިލުމުގެ ފުރުސަތު ސަރުކާރުން ނުދިނުމުގެ ސަބަބުން ކުރިމަތިނުލާން ނިންމެވުމަށް ފަހު ސްކައިޕް ކޯލްތައް ވަނީ މެދުކެނޑިފައެވެ.

ނަޝީދު ވަނީ ރައީސް ޔާމީން އެމަނިކުފާނާ ގުޅޭގޮތުން ދައްކަވާފައިވާ ބައެއް ވާހަކަތަކަށް ރައްދު ދެއްވާފައެވެ. އަދި އިބޫ ސޯލިހަށް ވޯޓު ދެއްވުމަށް ސަޕޯޓަރުންނަށް ގޮވާލާފައިވެއެވެ.