Last Updated: April 19, 22:45
Friday, April 19, 2024
މުނިފޫހިފިލުވުން

ޝާހިދް އާއި މީރާގެ ފިރިހެން ދަރިފުޅުގެ ނަމަކަށް "ޒައިން"

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހިދް ކަޕޫރް އާއި އޭނާގެ އަނބިމީހާ މީރާ ރާޖްޕޫތު އަށް ލިބުނު ދެވަނަ ދަރިފުޅުގެ ނަމަކަށް "ޒައިން ކަޕޫރް" ކިޔައިފި އެވެ.

ޝާހިދް ވަނީ މި ޚަބަރު އޭނާގެ ރަސްމީ ޓްވިޓާ އެކައުންޓް މެދުވެރިކޮށް ފޭނުންނާއި ހިއްސާކޮށްފަ އެވެ.

އަދި އޭނާ ވަނީ ފޭނުންގެ ހެޔޮ އެދުންތަކަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.

ޝާހިދް އާއި މީރާގެ ދެވަނަ ދަރިފުޅު އުފަންވީ މިދިޔަ ބުދަ ދުވަހު އެވެ. މިހާރު ވެސް އެ ދެމަފިރިންގެ އުމުރުން 2 އަހަރުގެ އަންހެން ދަރިއަކު ހުރެއެވެ. އެ ކުއްޖާއަށް ކިޔަނީ މީޝާ ކަޕޫރް އެވެ.

ޒައިން އުފަންވުމާއި ގުޅިގެން އެ ދެމަފިރިންގެ ރައްޓެހިންނާއި ފޭނުންގެ ހެޔޮ އެދުންތައް ދަނީ ޓްވިޓާ އާއި އިންސްޓަގްރާމްގައި އޮހެމުންނެވެ. މި ދެމެދުން އިއްޔެ ޝާހިދްގެ ޓްވިޓާ އާއި އިންސްޓަގްރާމް އެކައުންޓް ވަނީ ބަޔަކު ހެކް ވެސް ކޮށްފަ އެވެ. އެހެންނަމަވެސް އޭގެ ގަޑިއިރުތަކެއް ފަހުން އެ މައްސަލަ ވަނީ ހައްލުކޮށްފަ އެވެ.