Last Updated: June 10, 20:48
Thursday, June 11, 2026
ކުޅިވަރު

އިޓަލީއާ ޕޮލެންޑުގެ ކުރިމަތިލުން އެއްވަރު

ޔުއެފާއިން އަލަށް ތައާރަފް ކޮށްފައިވާ ޔުއެފާ ނޭޝަންސް ލީގުގައި ރޭ އިޓަލީއާއި ޕޮލެންޑު ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެއްޖެއެވެ.

މިމެޗުގެ ފުރަތަމަ ހާފުގެ ފަހު ފަސް މިނެޓު ތެރޭ ޕީޓާ ޒެލިންސްކީ ވަނީ ޕޮލެންޑަށް ލީޑު ނަގާ ދީފައެވެ. ދެޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި އިޓަލީއަށް ނަތީޖާ އެއްވަރުކޮށްދިނީ ޕޮލެންޑަށް ލީޑު ފުޅާ ނުކުރެވިގެން އުޅެނިކޮށް 78 ވަނަ މިނެޓުގައި، ޗެލްސީ މިޑްފީލްޑަރ ޖޯޖީނިއޯއެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދިޔައީ 1-1 އިން ނަތީޖާ އެއްވަރުވެގެންނެވެ. ރޭ ކުޅުނު އިތުރު މެޗުތަކަށް ބަލާއިރު ތުރުކީގެ މައްޗަށް 1-2 އިން ރަޝިޔާ ކުރި ހޯދާފައިވާއިރު އަލްބޭނިއާ، އިޒުރޭލު ބަލިކޮށްފައިވަނީ 0-1 ގެ ނަތީޖާއަކުންނެވެ.

އަދި 0-1 އިން ސާބިއާ ލިތުއޭނިއާގެ މައްޗަށް ގަދަވެގަނެފައިވާއިރު ރޮމޭނިއާ-މޮންޓެނެގްރޯ އާއި އަޒަރުބައިޖަން-ކޮސޯވޯ، ދެ މެޗުވެސް ނިމިގެން ދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.