މަލަހިނި ކުޑަ ބަނޑޮސް ރިސޯޓްގެ ޑައިވިންގ ސްކޫލްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފް އިން މަޢުލޫމާތު ދޭ ގޮތުގައި އެ ޑައިވިންގ ސްކޫލްގައި އަލިފާނުގެ ހާދިސާއެއް ހިނގި ކަމުގެ ޚަބަރު ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރު 13:07 ހާއިރު ކަމަށެވެ.
އެ އަލިފާންގަނޑު ނިއްވުމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ވަނީ އެ ސަރަޙައްދުގައި ޙަރަކާތްތެރިވެފައެވެ.
އެމްއެންޑީއެފް އިން ބުނީ ކުޑަ ބަނޑޮހުގެ ފަޔަރ ސްކޮޑްގެ މަސައްކަތުން ޑައިވިންގ ސްކޫލްގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކުރެވުނީ މިއަދު މެންދުރު 13:45 ހާއިރު ކަމަށެވެ.
އެ ހާދިސާގައި އެ ރިސޯޓުގެ މުވައްޒަފެއްގެ އައި ވަނީ ފިހިފައެވެ. އެ މީހާ ވަނީ އިތުރު ފަރުވާޔަށް މާލެ ގެނެސްފައި ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
މި އަލިފާނުގެ ހަދިސާ އާއި ގުޅިގެން މި ރިސޯޓުގެ ޑައިވިންގ ސްކޫލަށް ވަނީ އަލިފާނުގެ އަސަރުކޮށްފައެވެ. އަދި ޑައިވިން ސްކޫލާއި އިންވެ އިން ޑައިވިންގ ސްކޫލުގެ ޝެޑް ސާމާނުތަކާއި އެކު ބޭނުން ނުކުރެވޭވަރަށް ވަނީ އަނދާފައެވެ.