Last Updated: June 8, 19:18
Monday, June 8, 2026
ޚަބަރު

ރޭ އިވިގެން ދިޔައީ ގިނަ ބައެއްގެ ހައްގުތަކަށް އަރައިގަތްކަމުގެ އިއުތިރާފް: ޑރ.ޖަމީލް

ރޭގެ ޖަލްސާގައި އިވިގެން ދިޔައީ ރައީސް ޔާމީން އަބްދުލްޤައްޔޫމް ނުފޫޒު ބޭނުން ކޮށްގެން ގިނަ ބައެއްގެ ހައްގުތަކަށް އަރައިގަތްކަމުގެ އިއުތިރާފް ކަމަށް މިސަރުކާރުގެ ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް ވިދާޅުވެއްޖެއެވެ.

ޑރ ޖަމީލް މިހެން ވިދާޅުވީ ޕީޕީއެމްގެ މެނިފެސްޓޯ ހާމަކުރުމަށްކަމަށް ބުނެ "ބްރިޖް ސަޅި" މިނަމުގައި ރޭ ޕީޕީއެމުން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކަށް އިޝާރާތްކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި ޑރ. ޖަމީލް ވިދާޅުވީ ނިމިގެން ދިޔައިރުވެސް ވައުދުތަކެއް ނައި ކަމުގައެވެ. ފެނިގެން ދިޔައީ އަނެއްކާ ވެސް އުދާސްތަކެއް އޮއްސާލިތަން ކަމަށް ވެސް ވިދާޅުވިއެވެ.

"ނިމިގެން ދިޔައިރުވެސް ވައުތުތަކެއް ނައި. އަނެއްކާވެސް އުދާސްތަކެއް އޮއްސާލިތަން ފެނުނީ. އިވިގެން ދިޔައީ ނުފޫޒު ބޭނުން ކޮށްގެން ގިނަ ބައެއްގެ ހައްގުތަކަށް އަރައިގަތްކަމުގެ އިއުތިރާފް. ޔާމީން އަބްދުލްްޤައްޔޫމް ވެސް އިބޫ ސޯލިހްގެ ވެރިކަމެއް ފެށޭކަން ރޭ ގަބޫލު ކުރެއްވި. ބޮޑު މަންޒަރު މިރޭ ދައްކާލަމާ؟" ޑރ. ޖަމީލް ވިދާޅުވިއެވެ.

ރޭ ޕީޕީއެމުން ބޭއްވި ޖަލްސާއަށް ފަހުން މިރޭ އިއްތިހާދުން ބާއްވަން ތައްޔާރު ވަމުންދާ ބޮޑު ޖަލްސާއަށް ގިނަ ބަޔަކު ދަނީ އިންތިޒާރު ކުރަމުންނެވެ.