ހިތަދޫ "ކައްޓި ހިތްވަރު" ފިހާރަ ރޯވެ އަނދައި ހުލިވެއްޖެއެވެ.
"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފާއިވާ ގޮތުގައި ފިހާރައިގައި އަލިފާން ރޯވެފައިވަނީ ފަތިހު 4 ޖަހާކަށް ހާއިރުއެވެ. މިހާދިސާގައި މުޅި ފިހާރަ އެއްކޮށް ވަނީ ރޯވެ އަނދައި ހުލިވެފައެވެ.
އެމްއެންޑީއެފްގެ ފަޔާރ އެންޑު ރެސްކިއު ސާވިސް އާއި އާއްމުން ގުޅިގެން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން އަންނައިރު ފިހާރައިގެ ފާރުތައްވެސް ވަނީ ވެއްޓި އިމާރާތް ބޭނުން ނުކުރެވޭ ވަރުވެފައެވެ.
ކައްޓި ފިހާރައަކީ 2014 ވަނަ އަހަރު އޮކްޓޫބަރ މަހުގެ 11 ވަނަ ދުވަހުގެ ރޭ ރޯކޮށް އަންދާލި ހިތަދޫ އެމްޑީޕީ އޮފީހާއި ޖެހިގެން ހުރި ތަނެކެވެ. އެމްޑީޕީ އޮފީސް އަންދާލުމުންވެސް އޭރު އެފިހާރައަށް ގެއްލުންވިއެވެ. ނަމަވެސް ފަހުން އެތަން ހިންގަމުން އައީ ބައެއް މަރާމާތުތައް ކޮށްގެންނެވެ.
ތަފްސީލް އަންނަނީ…..